March 23, 2026
Advertisement
ކަޝްމީރުގެ ބޮޑު ސަރަހައްދެއްގައި ހަނގުރާމަވެރިން ބަޑިން ހަމަލާދީފި
ކަޝްމީރުގެ ބޮޑު ސަރަހައްދެއްގައި ހަނގުރާމަވެރިން ބަޑިން ހަމަލާދީފި / ނިއުޔޯކް ޓައިމްސް

ކަޝްމީރު ހަމަނުޖެހުން: އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް މައްސަލަ ބޮޑުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 26, 2025, 10:43 PM

ކަޝްމީރުގެ ބޮޑު ސަރަހައްދެއްގައި ހަނގުރާމަވެރިން ބަޑިން ހަމަލާދިނުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް މައްސަލަ ބޮޑުވެއްޖެ އެވެ.

Advertisement

އިންޑިއާގެ ކޮންޓްރޯލް އޮންނަ ސަރަހައްދުގެ ރިސޯޓް ޓައުން ޕަހަލްގަމް ކައިރީގައި އޮތް ތަނަކަށް ބަޑިޖަހާ މީހުން މަރާލާފައި ވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހެވެ.

އިންޑިއާއިން ވަނީ މި ޤަތުލުއާންމަކީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށް ސިފަކޮށް، އެ ގަތުލުއާންމަށް ތާއީދުކުރާ ކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފަ އެވެ.

ކުރިން ނޭނގޭ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށްވާ ކަޝްމީރު ރެސިސްޓެންސް އިން ދައުވާ ކުރި މި އަނިޔާވެރިކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

އެއީ ދެ ގައުމުގެ މެދުގައި ބައިބައިވެފައިވާ ކަޝްމީރުގައި ފަހަކަށް އައިސް ދިން އެންމެ ނުބައި އެއް ހަމަލާ ކަމަށާއި ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ސްކައިގެ ދަ ވޯލްޑް ވިތު ޔަލްދާ ހަކީމް އަށް ވިދާޅުވި ގޮތުގައި ނިއުކްލިއާ ހަތިޔާރު އެޅި އަވަށްޓެރި ގައުމުތަކާ ގުޅިގެން ފުރިހަމަ ހަމަލާއެއް ހިންގުމުގެ ފުރުސަތު އެބައޮތެވެ.

ޕަހަލްގަމް އާއި ތިން މޭލު (5 ކިލޯމީޓަރު) ދުރުގައި އޮންނަ މިނީ ސްވިޒަލޭންޑް ގެ ނަމުން މަޝްހޫރު ބައިސާރަން މޭޑޯގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދިހަވަރަކަށް ފަތުރުވެރިންނަށް މަދުވެގެން ހަތަރު ބަޑިޖެހި މީހުން ބަޑިޖަހާފައިވެ އެވެ.

އަދި 26 މީހުން މަރުވެފައިވާއިރު، އެތައް މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެެ.

އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ އިގްތިސާދަށް ގެއްލުންވާނެ ކަމުގެ ކަންބޮޑުވުން އުފެދި، ހަމަލާއަށް ފަހު ރައްޔިތުން ވަނީ މާރުކޭޓްތަކާއި ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved