March 23, 2026
Advertisement
ޕަހަލްގަމްގައި ފަތުރުވެރިންނަށް ދިން މަރުގެ ހަމަލާއާ ގުޅިގެން އިންޑިއާގެ ރައްޔިތުން މުޒާހަރާ ކުރަނީ
ޕަހަލްގަމްގައި ފަތުރުވެރިންނަށް ދިން މަރުގެ ހަމަލާއާ ގުޅިގެން އިންޑިއާގެ ރައްޔިތުން މުޒާހަރާ ކުރަނީ / އޭއެފްޕީ

ޕާކިސްތާނާއި އިންޑިއާގެ ސިފައިން ޖެހިޖެހިގެން ތިން ވަނަ ރޭ ހަމަލާ ބަދަލުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Apr 27, 2025, 11:14 PM

ޕާކިސްތާނާއި އިންޑިއާގެ ސިފައިން ޖެހިޖެހިގެން ތިން ވަނަ ރޭ ބަޑިޖަހާ ދެ ގައުމުގެ އަސްކަރިއްޔާ އިން ހަމަލާ ބަދަލުކޮށްފި ކަމަށް ބޭރުގެ މީޑިއާތަކުން އާދީއްތަ ދުވަހު ބުނެފި އެވެ.

Advertisement

ވާދަވެރި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގައި ބަޑިޖެހައި 26 މީހުން މަރާލުމުގެ ސަބަބުން އެއީ "ބޯޑަރު ހުރަސްކޮށް ޓެރަރިޒަމް" އަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް އިންޑިއާއިން ތުހުމަތުކޮށްފައިވެއެވެ.

އިސްލާމްއާބާދުން ވަނީ މި ހަމަލާއަކީ ޕާކިސްތާނުން ދިން ހަމަލާއެއް ނޫންކަމަށް ބުނެ އިންޑިއާގެ އެއްވެސް އަމަލަކަށް ރައްދު ދޭނެކަމަށް ވައުދުވެފައެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ނޭވަލް ޑްރިލްތައް ކުރިއަށް ގެންދިޔައިރު ހަނގުރާމަ މަނަވަރުތަކުން މިސައިލް ޖަހާ މަންޒަރުތައް އާންމުކޮށްފައިވެއެވެ.

އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އޭޕްރީލް 22 ވަނަ ދުވަހު ޕަހަލްގަމްގެ ފަތުރުވެރިންގެ ހޮޓްސްޕޮޓަކަށް ދިން ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހޮނިހިރު ދުވަހު ވިދާޅުވީ އެ ހަމަލާއާ ގުޅޭ ނިއުޓްރަލް، ހާމަކަން ބޮޑު އަދި އިތުބާރު ކުރެވޭ ތަހުގީގެއްގައި ބައިވެރިވުމަށް އެގައުމުން އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved