March 23, 2026
Advertisement
އިންޑިއާގެ ސިފައިންގެ މީހެއް
އިންޑިއާގެ ސިފައިންގެ މީހެއް / ރޮއިޓަރސް

ކަޝްމީރު ހަމަ ނުޖެހުން: ޑިފެކްޓޯ ބޯޑަރުގައި ޕާކިސްތާނުން ޖެހިޖެހިގެން ހަތަރު ވަނަ ރޭ ހަމަލާތައް ބަދަލުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Apr 28, 2025, 10:20 PM

މިދިޔަ ހަފްތާގައި ކަޝްމީރުގައި ފަތުރުވެރިންނަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް ފުޅާ ކުރަމުންދާ އިރު ޑިފެކްޓޯ ބޯޑަރުގައި ޕާކިސްތާނުން ޖެހިޖެހިގެން ހަތަރު ވަނަ ރޭ ރައްދު ދީފިއެވެ.

Advertisement

އޭޕްރީލް 22 ވަނަ ދުވަހު 26 މީހުން މަރުވި ހަމަލާއަށް ފަހު އިސްލާމްއާބާދުން އެއްވެސް ދައުރެއް އޮތް ކަމަށް ދޮގުކޮށް ނިއުޓްރަލް ތަހުގީގަކަށް ގޮވާލި ނަމަވެސް އިންޑިއާއިން ވަނީ ހަނގުރާމަވެރިން ކަމަށް ޝައްކު ކުރެވޭ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނުގެ މީހުން ކަމަށް ބުނެފައެވެ.

ސަލާމަތީ އޮފިޝަލުންނާއި ސަލާމަތްވި މީހުން ބުނެފައި ވަނީ ޕަހަލްގަމް ސަރަހައްދުގެ މޭޑޯއެއް ކަމަށްވާ އެ ސަރަހައްދުގައި ހަނގުރާމަވެރިން ވަކިކޮށް ހިންދޫންގެ ނަން އަހާ ބޮލަށް ބަޑި ޖަހައި މަރާލިކަން ރިޕޯޓުކޮށްފައިވެއެވެ.

މި ހަމަލާގެ ސަބަބުން ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާގައި ރުޅިވެރިކަމާއި ހިތާމަ އުފެދިފައިވާއިރު، ކަޝްމީރުގައި ޓެރަރިޒަމަށް ފައިސާ ދީ ހިތްވަރުދޭ ކަމަށް ނިއު ދިއްލީން ތުހުމަތުކުރާ ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

ނިއުކްލިއާ ހަތިޔާރު އެޅި ގައުމުތަކުން އެކަކު އަނެކަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިންޑިއާއިން އިންޑަސް ވޯޓާސް މުއާހަދާ ހުއްޓާލި އިރު ޕާކިސްތާނުން ވަނީ އިންޑިއާގެ އެއާލައިންތަކަށް ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

އިންޑިއާގެ ކަޝްމީރުގައި ހަނގުރާމަވެރިން ޝިކާރަކުރާ ގާތްގަނޑަކަށް 1،000 ގެއާއި ފަޅުތައް ބަލައިފާސްކުރުމަށް ފަހު ސަލާމަތީ ބާރުތަކުން ގާތްގަނޑަކަށް 500 މީހުން ސުވާލުކުރުމަށް ބަންދުކޮށްފައިވާ ކަމަށް ކަޝްމީރުގެ ޕޮލިސް އޮފިޝަލަކު ހޯމަ ދުވަހު ރޮއިޓާސްއަށް ވިދާޅުވި އެވެ.

އަދި މިހާތަނަށް މަދުވެގެން ނުވަ ގެއެއް ތަޅާލާފައިވާ ކަމަށް ވެސް އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved