March 23, 2026
Advertisement
އިންޑިއާގެ އަސްކަރިއްޔާ ކަޝްމީރުގައި
އިންޑިއާގެ އަސްކަރިއްޔާ ކަޝްމީރުގައި / ދި ގާޑިއަން

ކަޝްމީރުގެ ބޯޑަރުގައި އިންޑިއާގެ ޑްރޯނެއް ވައްޓާލި ކަމަށް ޕާކިސްތާނުން ބުނެފި

Hussain Nawaf
ހުސައިން ނަވާފް
Apr 29, 2025, 09:55 PM

ކަޝްމީރުގެ ބޯޑަރުގައި އިންޑިއާގެ ޑްރޯނެއް ވައްޓާލި ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

Advertisement

އިންޑިއާ ސިފައިން ވެސް ބުނީ އުސް ހިމާލަޔާން އައުޓްޕޯސްޓް ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގައި ޖެހިޖެހިގެން ފަސް ވަނަ ރޭ ދެ ފަރާތުން ވެސް ވަނީ ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށެވެ.

ހަމަލާތައް ބަދަލުކުރުމާ ގުޅޭ ގޮތުން ޕާކިސްތާނުން ވަގުތުން ޔަގީންކަމެއް ނުލިބުނު ނަމަވެސް ދައުލަތުގެ ބްރޯޑްކާސްޓާ ރޭޑިއޯ ޕާކިސްތާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސްކަރިއްޔާއިން އިންޑިއާގެ "ކުއަޑްކޮޕްޓަރެއް" ބަޑިޖަހާފައިވާ ކަމަށާއި އެއީ އެގައުމުގެ ވައިގެ ސަރަހައްދާއި ހިލާފު ކަމެއް ކަމަށެވެ.

އިސްލާމްއާބާދުން އެ ދައުވާއަށް އިންކާރުކޮށްފައިވާއިރު، އޭގެ ފަހުން ދެ ގައުމުން ވަނީ ކަޝްމީރުގައި ހަމަލާތައް ބަދަލުކޮށް، ޑިޕްލޮމެޓިކް ބާރބް ބަދަލުކޮށް، ރައްޔިތުން ބޭރުކޮށް، ބޯޑަރު ބަންދުކުރުމަށް އަމުރު ކުރަމުންނެވެ.

އިންސާނެއް ނެތް އިންޑިއާގެ މަތިންދާބޯޓުތަކުން ބިމްބަރު ސަރަހައްދުގެ މަނަވަރު ސެކްޓަރުގައި ހުންނަ އެލްއޯސީ އާއި އެކު ސަވައިލެންސް ހަދަން މަސައްކަތް ކުރި ކަމަށް ރޭޑިއޯ ޕާކިސްތާނުގެ ރިޕޯޓުގައިވެއެވެ.

ނަމަވެސް އެ ހާދިސާ ހިނގީ ކޮން އިރަކު ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ނިއު ދިއްލީން އެކަމާއި ގުޅިގެން އެއްވެސް ބަހެއް ނުބުނެއެވެ.

އަދި ބަޑިޖެހިފައިވަނީ ކުޕްވާރާ އަދި ބަރަމުއްލާ ޑިސްޓްރިކްޓްގެ ދިމާލުގައި ހުންނަ ސަރަހައްދުތަކުގެ އިތުރުން އަޚްނޫރު ސެކްޓަރުގައި ކަމަށް ވެސް އިންޑިއާއިން ބުނެއެވެ.

އިންޑިއާއިން ބުނެފައިވަނީ އަންގާރަ ދުވަހަކީ ޕާކިސްތާނުގެ ރައްޔިތުން އެ ގައުމުން ފުރައިގެން ދިއުމުގެ އެންމެ ފަހު ތާރީހު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved