April 22, 2026
Advertisement
 ކަރާޗީ އާއި ލާހޯރުގެ މަތީގެ ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކޮށްފި
ކަރާޗީ އާއި ލާހޯރުގެ މަތީގެ ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކޮށްފި / ރޮއިޓަރސް

ކަރާޗީ އާއި ލާހޯރުގެ މަތީގެ ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
May 2, 2025, 04:12 PM

ޕާކިސްތާނުން ބުރާސްފަތި ދުވަހު ވަނީ އިންޑިއާއާ ބޯޑަރުވާ ކަރާޗީ އާއި ލާހޯރުގެ މަތީގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

Advertisement

ކަރާޗީ އާއި ލާހޯރުގެ ކޮންމެ ދުވަހަކު އާންމު ގޮތެއްގައި ފްލައިޓް އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އީއެފްއީ އަށް ވިދާޅުވިއެވެ. ކަރާޗީ އާއި ލާހޯރަކީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ސިޓީތަކެވެ.

އެމީހުންގެ ވައިގެ ސަރަހައްދު ބައެއް ބަންދުކޮށްފައި ވަނީ އިންޑިއާގެ ވެރިކަމުގައި އޮންނަ ކަޝްމީރުގެ އެންމެ މަޝްހޫރު އެއް ފަތުރުވެރިންގެ މަންޒިލް ޕަހަލްގަމްގައި އޭޕްރީލް 22 ވަނަ ދުވަހު 26 ފަތުރުވެރިން މަރުވުމުން އަވަށްޓެރި އިންޑިއާއާ އެކު އަސްކަރީ ފިތުނަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ބޯޑަރު ސިޓީ އަމްރިތުސާރުގެ ވައިގެ މަގުން އެންމެ 42 ކިލޯމީޓަރު ދުރުގައި ލާހޯރު އޮންނައިރު، ރެފަރެންސް ޕޮއިންޓަށް ބަލާއިރު ކަރާޗީ އޮތީ 625 އާއި 800 ކިލޯމީޓަރާއި ދެމެދުގެ ދުރުމިނެއްގައެވެ.

އިންޑިއާއިން މިހަމަލާ ގުޅުވައިފައިވަނީ އިސްލާމްއާބާދުގެ ތާއީދު އޮންނަ ކަމަށް ބުނާ ހަތިޔާރު އެޅި ޖަމާއަތަކާއެވެ.

ވައިގެ ސަރަހައްދު ހަނިކުރަން ނިންމީ ނޯޓިސް ޓު އެއާ މިޝަންސް (ނޮޓަމް) މެދުވެރިކޮށެވެ.

ބުރާސްފަތި ދުވަހު އިންޑިއާއިން ވަނީ ޕާކިސްތާނުގެ މިލްކުވެރިކަމާއި އޮޕަރޭޓްކުރާ ހުރިހާ މަތިންދާބޯޓުތަކަށް އެގައުމުގެ މުޅި ވައިގެ ސަރަހައްދު ބަންދުކުރާކަން އިއުލާންކޮށްފައެވެ.

މި ރިސިޕްރޮކަލް ފިޔަވަޅަކީ ޕަހަލްގަމް ހަމަލާއަށް ފަހު ނިއުކްލިއާ ހަތިޔާރު އެޅި ދެ އަވަށްޓެރިން ޓިޓް ފޯ ޓެޓް އަދަބު ދިނުމުގެ ސިލްސިލާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ.

އިންޑިއާއިން މިހާރު ވަނީ އިންޑަސް ވޯޓާސް ޓްރީޓީ ސަސްޕެންޑްކޮށް، ޕާކިސްތާނުގެ އަސްކަރީ ޑިޕްލޮމެޓިކް ސްޓާފުން ހައި ކޮމިޝަނުގައި ޕެސޯނާ ނޮން ގްރާޓާ އިއުލާންކޮށް، ޕާކިސްތާނާ އެކު ހުރިހާ ބޯޑަރު ޕޯސްޓްތަކެއް ބަންދުކޮށް، ޕާކިސްތާނުގެ ރައްޔިތުންނަށް ދޭ ހުރިހާ ވިސާއެއް ބާތިލްކޮށްފަ އެވެ.

ޕަހަލްގަމް ހަމަލާގެ ޒިންމާ އުފުލާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ނިއުދިއްލީން ވައުދުވުމާ ގުޅިގެން އިންޑިއާއިން އަސްކަރީ ހަމަލާއަކަށް ތައްޔާރު ވަމުންދާކަމަށް ވެސް އިސްލާމްއާބާދުން ވަނީ ތުހުމަތުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved