March 17, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

ޢައްޒާގެ ބަނޑުހައި ހޫނުކަމުގެ ތެރޭގައި 290،000 ކުޑަކުދިން ދަނީ ހަގުރާމަ ކުރަމުން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 4, 2025, 08:18 PM
މާލެ ސިޓީ

ސަހްޔޫނީން ޣައްޒާއަށް ބްލޮކޭޑް ކުރުމުން ބަނޑުހައިހޫނުކަމުގެ ތެރޭގައި 290،000 ކުޑަކުދިން ދަނީ ހަގުރާމަ ކުރަމުންނެވެ.

Advertisement

ޣައްޒާގައި ފަސް އަހަރުން ދަށުގެ 3،500 އަށް ވުރެ ގިނަ ކުދިންނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާން ކައިރިވެފައި ވާއިރު ސަހްޔޫނީން ބޭބީ ފޯމިއުލާ، ނިއުޓްރިޝަނަލް ސަޕްލިމެންޓްސް އަދި ހުރިހާ ގޮތަކުން ވެސް އިންސާނީ އެހީތެރިކަން ދަނީ ހުއްޓުވަމުންނެވެ.

ޣައްޒާގެ އޮކްސްފޭމްގެ ކާބޯތަކެތީގެ ސެކިއުރިޓީ ލީޑް މަހުމޫދު އަލްސައްގާ ވިދާޅުވާ ގޮތުގައި އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާތަކުން ޣައްޒާގައި ހަނިކަމެއް ނެތި އެހީ ފޯރުކޮށްދިނުމަށް އިންތިހާއަށް ބޭނުންވެއެވެ.

މިސްރާއި އުރުދުންގައި ތާށިވެފައި ހުރި ވަރަށް ގިނަ ސާމާނު ހުރިކަމަށާއި، އެތަކެތިބަލާ އެސަރަހައްދަށް ނުދެވޭކަމުގައި ބުނެފައި ވެއެެވެ. އަދި މިމިކމުގެ ސަބަބުން އިންސާނީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު މުޅި ދުނިޔެ ހިތާމަކުރާ އެއްކަމަކީ ޣައްޒާގެ ކުޑަކުދިން ބަނޑުހައިހޫނުކަމުގައި ދާއިމަށް ތިބެންޖެހުމުން ނެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯއްދަވާ ދެއްވުމަށް ދުނިޔޭގެ ލީޑަރުން ވަނީ ނުކުޅެދިފަ އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved