March 22, 2026
Advertisement
ޕަހަލްގަމްގައި ސިފައިން
ޕަހަލްގަމްގައި ސިފައިން / ބީބީސީ

އިންޑިއާއާ އެކު އޮތް ހަމަ ނުޖެހުމުގެ ތެރެއިން ޕާކިސްތާނުން ދެވަނަ މިސައިލެއް ޓެސްޓްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
May 6, 2025, 12:20 AM

އިންޑިއާއާ އެކު އޮތް ހަމަ ނުޖެހުމުގެ ތެރެއިން ޕާކިސްތާނުން ދެވަނަ މިސައިލެއް ޓެސްޓްކޮށްފިއެވެ.

Advertisement

ޕާކިސްތާނުން ހޯމަ ދުވަހު ބުނީ 120 ކިލޯމީޓަރުގެ ރޭންޖުގެ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ ކަމަށާއި މިއީ ޕަހަލްގަމް ޓެރަރިސްޓް ހަމަލާގެ ތެރޭގައި އިންޑިއާއާ އެކު ޓެންޝަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ދެ ދުވަސް ނުވަނީސް ކުރިއަށް ގެންދިޔަ ދެވަނަ ޓްރައިއަލް ކަމަށެވެ.

އެންމެ ފަހުން ފޮނުވާލި މިސައިލަށް ކިޔަނީ "ފަތަހް" އެވެ.

އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ބުނާ ގޮތުގައި މިސައިލް ޓްރައިއަލް ކުރިއަށް ގެންގޮސްފައިވަނީ އިންޑަސް އިން ތައްޔާރީ ހާލަތު ދެނެގަތުމަށް ކުރާ ތަމްރީނުތަކުގެ ތެރެއިން ކަމަށް ދުންޔާ ނިއުސް އިން ބުނެއެވެ.

ޕާކިސްތާނުން ހޮނިހިރު ދުވަހު ބުނެފައި ވަނީ 450 ކިލޯމީޓަރުގެ ދުރުމިނެއްގެ ބިމުން ބިމުގެ މައްޗަށް ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށާއި ދާދި ފަހުން ޕަހަލްގަމް އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއާ އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

މިސައިލަކީ އަބުދާލީ ވެޕަން ސިސްޓަމްގެ ގޮތުގައި ދެނެގަނެވިފައިވާ މިސައިލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved