April 22, 2026
Advertisement
ޕަހަލްގަމްގައި ސެކިއުރިޓީ މުވައްޒަފުން
ޕަހަލްގަމްގައި ސެކިއުރިޓީ މުވައްޒަފުން / ސޯޝަލް މީޑިއާ

އިންޑިއާގައި ދިން ޓެރަރިސްޓް ހަމަލާގައި ޕާކިސްތާނުން ބައިވެރިވި ކަމަށް ކުރާ ތުހުމަތުތަކާ ދެކޮޅު ހަދައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 6, 2025, 10:21 PM
މާލެ ސިޓީ

އިންޑިއާގައި ދިން ޓެރަރިސްޓް ހަމަލާގައި ޕާކިސްތާނުން ބައިވެރިވި ކަމަށް ކުރާ ތުހުމަތުތަކާ ދެކޮޅު ހަދައިފިއެވެ.

Advertisement

އދ.ގައި ހުންނަވާ ޕާކިސްތާނުގެ ދާއިމީ މަންދޫބު އާސިމް އިފްތިހާރު އަހުމަދު ވިދާޅުވީ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގައި ދިން ޓެރަރިސްޓް ހަމަލާގައި ޕާކިސްތާނުން ބައިވެރިވި ކަމަށް ކުރާ ތުހުމަތުތައް އިސްލާމްއާބާދުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ.

އެޕްރީލް 22 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ ޕާކިސްތާނާ ޖާމިނުކުރަން އިންޑިއާއިން ކުރި މަސައްކަތަށް ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށް ބުނެ، އާސިމް ވިދާޅުވެފައިވަނީ ސަލާމަތީ މަޖިލީހުން ބޮޑަށް އަލިއަޅުވާލީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުކުރުމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕާކިސްތާނުން އިންޑިއާއާ ކުރިމަތިލުން ހޯދަން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ޗާޓަރުގައިވާ ގޮތުގެ މަތިން އެގައުމުގެ އިސްތިގުލާލު ދިފާއުކުރަން ތައްޔާރު ކަމަށެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީ ޖަމްމޫ އެންޑް ކަޝްމީރުގެ ޕަހަލްގަމް ޓައުންގައި އޭޕްރީލް 22 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވި ފަހުން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved