March 22, 2026
Advertisement
ޕާކިސްތާނުގެ މުޒައްފަރުއާބާދަށް އިންޑިއާއިން ދިން ހަމަލާގައި ހަލާކުވެފައިވާ ތަނެއް
ޕާކިސްތާނުގެ މުޒައްފަރުއާބާދަށް އިންޑިއާއިން ދިން ހަމަލާގައި ހަލާކުވެފައިވާ ތަނެއް / އޭޕީ

އިންޑިއާއިން ޕާކިސްތާނަށް މިސައިލުން ހަމަލާދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 7, 2025, 04:43 PM
މާލެ ސިޓީ

އޮޕަރޭޝަން ސިންދޫރުގެ ނަމުގައި އިންޑިއާއިން ޕާކިސްތާނަށް މިސައިލް ހަމަލާަކެއް ދީފި އެވެ. ހަބަރުތައް ބުނާ ގޮތުން ޕާކިސްތާންގެ ނުވަ ސަރަހައްދަކަށް އިންޑިއާގެ މިސައިލްތައް ވަނީ ފޯރާފަ އެވެ.

Advertisement

އިންޑިއާގެ އަސްކަރިއްޔާއިން ބުނާ ގޮތުން އޮޕަރޭޝަން ސިންދޫޜުން ހަމަލާތައް އަމާޒުކުރީ މުޅިންވެސް ޓެރަރިސްޓް ސަރަހައްދުތަކަށެވެ. ޓެރަރިސްޓުންގެ ހާލިތަކާށާއި އެ މީހުންގެ ހަތިޔާރު ގުދަންތަކަށެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި މިދިޔަ މަހު ދިން ހަމަލާގައި އިންޑިއާ ބަޔަކު މަރުވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނެވެ. ނަމަވެސް, ޕާކިސްތާނުން އެކަން ދޮގުކުރެ އެވެ.

އިންޑިއާއިން މިސައިލް ހަމަލާދޭން ފެށީ ދެ ގައުމުގެ ދެމެދުގައި ކުދި ހަމަލާތައް ބޯޑަރު ހުރަސްކޮށް ދިނުމަށްފަހު އެވެ. ޕާކިސްތާނުގެ ސަރަހައްދުގައިވާ އަމާޒުތަކަށް އިންޑިއާގެ އަސްކަރީ ބާރުތަކުންދިން ހަމަލާއަށް އިންޑިޔާގެ އިދިކޮޅު ނޭޝަނަލް ކޮންގްރެސް ޕާޓީގެ ލީޑަރުން ތާއީދުކޮށްފަ އެވެ.

ޕާކިސްތާނުން ބުނީ "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި އިންޑިއާއިން ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށާއި ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނި ގޮތުގައި މަދުވެގެން ފަސް ތަނަކަށް އިންޑިއާއިން ހަމަލާދީފައި ވާއިރު އެ ހަމަލާތަކުގައި ކުޑަކުއްޖަކު ވެސް މަރުވެފައިވާ ކަމަށެވެ.

"ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރުވެސް ފެށިއްޖެ. އެކަމަށް ގިނަ އިރެއް ނުވާނެ،" މެންދަމުން އަލިވުމާ ގާތްވެފައި ވަނިކޮށް ދިން ހަމަލާއާ ބެހޭ ގޮތުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް އޭއެފްޕީއަށް ވިދާޅުވި އެވެ.

އެމެރިކާގެ އޮންލައިން ނޫސް ބްލޫމްބާގުން ބުނާ ގޮތުން، ޕާކިސްތާނުން ވެސް ވަނީ ބަދަލުހިފުމުގެ ގޮތުން ރައްދު ހަމަލާތަކެއް ދީފަ އެވެ. މި ގޮތުން އިންޑިއާގެ ފަސް ފައިޓަރު ޖެޓެއް ވައްޓާލާފައި ވާނެ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް އެ ނޫހަށް މައުލޫމާތުދެއްވި ކަމަށް ބްލޫމްބާގުން ބުންޏެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved