March 19, 2026
Advertisement
މަލީހް ޕީއެންއެފްގެ ޖަލްސާގެ ތެރެއިން
މަލީހް ޕީއެންއެފްގެ ޖަލްސާގެ ތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މުއިއްޒު ކުރާ ކޮންމެ ކަމެއްގައި ވައްކަމާއި ކޮރަޕްޝަން ހިމެނޭ: މަލީހު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 7, 2025, 10:23 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ކޮންމެ ކަމެއްގެ ފަހަތުގައި އޮންނާނީ ވައްކަމާ ކޮރަޕްޝަނާ ފަސާދަ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހުގެރޭ މަލީހު ވިދާޅުވީ، މާލޭ އޭރިޔާގައި ހުރި އެންމެ ބޮޑު ހޮޓަލަކީ ދިމްޔާތު ކަމުގައި ރައީސް މުއިއްޒު ވިދާޅުވި ވާހަކައަކީ ދޮގެއް ކަމަށެވެ. ރައީސް މުއިއްޒު ކުރާ ކޮންމެ ކަމެއްގައި އޮތީ ވައްކަމާ ކޮރޮޕްޝަނާ ފަސާދައާއި އޮޅުވާލުން ކަމުގައި ވެސް މަލީހު ވިދާޅުވެފައިވެއެވެ.

ޕްރެސްކޮންފަރެންސް ގައި ހިސާބު އެންމެ އަދަދެއްކީ އެއީ ދިމްޔާތުގައި 55 ކޮޓަރި ހުންނަ ވާހަކަ އެއީ މާލޭގައި ހުންނަ މިވަގުތު އެންމެ ބޮޑު ގެސްޓް ހައުސްގެ ވާހަކަ، މިވަގުތު މާލޭގައި ހުރި އެންމެ ބޮޑު ހޮޓަލަކީ ނަސަންދުރާ، ސަތޭކަ ތިރީސް ހައެއްކަ ރޫމް، އޭގެ މާކުރިންވެސް ޖެން ހޮޓެލްވެސް ދިމްޔާތަށްވުރެ ބޮޑު. ސަތޭކަ ވަރަކަށް ރޫމް، އަދި އޭގެ އިތުރުން ސެންޓްރަލް ހޮޓެލްވެސް އަދި މާލޭ ޒޯނަށް ބަލާލިކަމުގައި ވަނީނަމަ ހުޅުލޭ އައިލެންޑް ހޮޓެލްވެސް. އެހެން ވީމަ މުއިއްޒު ހަމައެކަނި ނަންބަރަށް ވިދާޅުވި އަދަދުވެސް ރިކޯޑަކަށް ނުދިޔަ

މަލީހު

އެމްޑަބިލިޔުއެސްސީއިން ހިންގި ޕްރޮޖެކްޓްއެއްގެ ދަށުން މާލޭގެ ވަސް ހޮޅިތައް ރަގަޅުކުރަމުން ދިޔައިރު ހަމައެކަނި ދިމްޔާތާ ގުޅިގެންހުރި ހޮޅި ރަގަޅު ކޮށް، ހެންވޭރުގެ ރެސްޓޯރެންޓްތައް ކައިރީ ހުރި ހޮޅިތައް ރަގަޅުނުކުރުމުން ވެސް ދޭހަވަނީ މުއިއްޒު ކުރައްވާ ކޮންމެ ކަމެއްގައި ވައްކަމާ ކޮރޮޕްޝަނާ ފަސާދަ ފެނިގެން ދާކަމުގައި މަލީހުވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންނަށް މިވެރިކަމުގެ ފަސް އަހަރު ފެނިގެން ދާނީ ހޭޔަންބޯ ޕްރޮގްރާމެއްގެ ގޮތުގައި ކަމަށް އެބޭފުޅާ ބުނެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved