March 17, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ޕޮލިސް

އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
May 8, 2025, 10:37 PM

އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

މެޓު އޮފީހުން ހާމަ ކުރާ ގޮތުގައި މެދު ރާއްޖެ ތެރޭގެ ރަށްތަކަށްށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެން ވާކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

އެގޮތުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް މެޓު އޮފީހުން ހާމަ ކުރެއެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved