March 17, 2026
Advertisement
އީފާހުގެ ހިދުމަތް ރަމްޒުކޮށްދޭ ފޮޓޯއެއް -
އީފާހުގެ ހިދުމަތް ރަމްޒުކޮށްދޭ ފޮޓޯއެއް - / ފޭސްބުކް

ކުށާއި ދަރަނީގެ ރިކޯޑު އީފާސް މެދުވެރިކޮށް ސާފުކުރެވޭނެ ގޮތް ހަދައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 9, 2025, 06:15 PM
މާލެ ސިޓީ

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުންދާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އީފާސްގެ މެދުވެރިކޮށް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

Advertisement

މި ބަދަކު ގެންނަން ނިންމީ ހިދުމަތް ފަސޭހަ ކުރުމަށްޓަކަ އެވެ. އެހެންވެ އަންނަ ބުރާސްފަތިން ފެށިގެން ރިކޯޑުތައް ސާފުކުރުމަށްޓަކައި ހުށަހަޅަން ޖެހޭނީ ޑީޖޭއޭގެ ޕޯޓަލް އަށް އީފާސް މެދުވެރިކޮށެވެ.

ޑީޖޭއޭ އިން ބުނީ ރެކޯޑް ސާފުކުރަން ވަކިވަކި ފަރުދުން މިހާރު ހުށަހަޅާ ފޯމް އަންނަ އަންނަ މަހުގެ 1 އިން ފެށިގެން ބަލައިނުގަންނާނެ ކަމަށެވެ.

އެހެންނަމަވެސް، ކުރިއެކޭ ވެސް އެއްގޮތަށް، ދައުލަތުގެ އޮފީސްތަކުންނާއި ކުންފުނިތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތަކާއި ހުށަހަޅާ ލިސްޓުތައް ބަލައިގަންނެ ކަމަށާ، މިފަދަ ހުށަހެޅުންތައް ހުށަހަޅަންވާނީ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާ އެކުގައި ކަމަށް ވެސް ޑީޖޭއޭ އިން ބުނެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved