
"އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނުހުގެ އެޑިޓަރު ހަސަން މުަހއްމަދު ފުލުހުން ހާޒިރުކުރުމުން ގާނޫނު އަސާސީއިން ލިބޭ "ހަނު" ހުރުމުގެ ހައްގުގެ ބޭނުންކޮށް ހަނު ހުރެފިއެވެ.
ބުދަ ދުވަހުގެ ހެނދުނު 8:30އަށް ހަސަން ފުލުހަށް ހާޒިރުކޮށްފައިވާއިރު، އޭނާއާ އެކު ވަކީލު ސައްޔާހު ޚަލީލުވެސް ވަނީ ފުލުހަށް ގޮސްފައެވެ.
ސައްޔާހު ވިދާޅުވި ގޮތުގައި ހަސަން ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ.
އެގޮތުން މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަމަށާ އެ ކަން އެހެން އޮތުމުން ހަސަންގެ ފަރާތުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި ކަމަށް ސައްޔާހު ވިދާޅުވެފައިއެވެ.
ޙަސަންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:
މި ޑޮކިއުމެންޓްރީއާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާ މިއަދު މެންދުރުފަހު ފުލުހަށް ހާޒިރުވާން ވަނީ އަންގައިފައެވެ.
ހަސަނާއި ފިޔާޒްގެ އިތުރުން، "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި ޢާއިޝަތު ޢީޝާ އަޝްރަފްގެ ޕާސްޕޯޓުވެސް ތިން މަސް ވަންދެން ވަނީ ހިފަހައްޓައިފައެވެ.










