April 29, 2026
Advertisement
"ލޯފާ" މައްސަލައިގައި އަދަދު ނޫހަށް ރެއިޑް ޖެހި ޚަބަރު ދުނިޔޭގެ ސަމާލުކަމަށް!
"ލޯފާ" މައްސަލައިގައި އަދަދު ނޫހަށް ރެއިޑް ޖެހި ޚަބަރު ދުނިޔޭގެ ސަމާލުކަމަށް! / އަދަދު

"ލޯފާ" މައްސަލައިގައި އަދަދު ނޫހަށް ރެއިޑް ޖެހި ޚަބަރު ދުނިޔޭގެ ސަމާލުކަމަށް!

Apr 28, 2026, 11:23 PM
މާލެ ސިޓީ

ލޯފާ" މައްސަލައިގައި އަދަދު ނޫހަށް ރެއިޑް ޖެހި ޚަބަރު ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

Advertisement

އަޒްޖަޒީރާ އާ ބިބިސީ ފަދަ ނޫސް އެޖެންސީތަކުން ވަނީ އެ ޚަބަރު ޝާއިއުކޮށްފައެވެ. އެގޮތުން އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު އާއި ކުރީގެ އެހީތެރިއަކާ ގުޅުން ހިންގި ކަމަށް ބުނެ ޑޮކިއުމެންޓްރީއެއް ޝާއިއުކުރުމުން ދިވެހި ފުލުހުން، ކްރިޓިކަލް ނިއުސް އައުޓްލެޓެއްގެ އޮފީސްތަކަށް ވަދެ، އެޑިޓަރުން ރާއްޖެއިން ބޭރަށް ދިއުން މަނާކޮށްފައިވެއެވެ.

ނިއުސް އައުޓްލެޓަކަށް ޖިނާއީ ގޮތުން “ޤަޒްފް” ބޭނުންކުރުމާއި، ނޫސްވެރިންގެ ކޮމްޕިއުޓަރާއި ސްޓޯރޭޖް ޑިވައިސްތައް ހޯލްސޭލްކޮށް ހިފެހެއްޓުމަކީ މީގެ ކުރިން ނުފެންނަ ކަމެއްކަމަށް ބުނެ އަލްޖަޒީރާގައި ވަނީ، އަދަދު ނޫހަށް ޖެހި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އަންނަ ސުންނީ މުސްލިމް ޖަޒީރާ ގައުމެއް ކަމަށްވާ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ކަމަށް ވެސް ބުނެފައެވެ.

އެ ބިރުވެރިކަން އުފެދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފާސްކުރި މީޑިއާ ގާނޫނަކުން ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، އެ ގާނޫނުގައި ސަރުކާރަށް ވަފާތެރިން ގިނަވެ، އައުޓްލެޓްތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމާއި ބަންދުކުރުމުގެ ބާރު ލިބިފައިވާ ކޮމިޝަނެއް އުފެއްދި ފަހުން ކަމަށް ވެސް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވަ ގޮތުގައި އާ ރެގިއުލޭޓަރުގެ ސިޓީއަކާއި އެކު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ އެކު، ހޯމަ ދުވަހު އަދަދުގެ މައްޗަށް ކުރި ބަލައިފާސްކުރުމުގެ އަމުރާ އެކު އެ ނުހުގެ ހުރިހާ އާލަތްތައް ފުލުހުން ގެންގޮސްފައިވާ ކަމަށާ ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓާ ދަތުރުކުރުން މަނާކުރި ކަމަށްވެސް ވެއެވެ.

މީގެ އިތުރުން ސީޕީޖޭއިން އެކަމުގައި ކަންބޮޑުވުން ފާޅުކުރިކަންވެސް ފާހަގަކޮށްފައިވެއެވެ.  އެގޮތުން އަދަށް ރެއިޑް ޖަހާ އަތުލައިގަތް ސާމާނު އަނބުރާ ރައްދު ކުރުމަށާއި ދަތުރުފަތުރު މަނާކުރުން އުވާލުމަށް ސަރުކާރަށް ސީޕީޖޭއިން ގޮވާލާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދަދަށް ރޭޑް ކުރުމާއި އޭގެ ފަހުން ދަތުރުކުރުން މަނާކުރުމަކީ ދީނީ އަދި ގައުމީ މަސްލަހަތުގެ ނިވާކޮށްގެން ތަހުގީގީ ނޫސްވެރިކަން ކުށަކަށް ހަދަން ކުރާ މަސައްކަތެއްގެ ގޮތުގައި ސީޕީޖޭގެ އޭޝިއާ ޕެސިފިކް ޕްރޮގްރާމް ކޯޑިނޭޓަރު ކުނާލް މަޖުމްދަރު ސިފަކުރައްވާފައިވާ ކަންވެސް އަލްޖަޒީރާގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް މީޑިއާގެ ގަވާއިދުތައް ބައިޕާސް ކުރުމަށް ދީނީ ގާނޫނުތައް ބޭނުން ކުރުމަކީ ފިނި ނަމޫނާއެއް. ސަރުކާރުގެ އޮފީސްތައް ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންނަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ސީޕީޖޭއިން ބުނެފައިވާ ކަމަށް ވެސް ވެއެވެ.

ހަމަ އެހެންމެ އަދަދުން ގެނެސްދިން އެ ޑޮކިއުމަންޓްރީއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާ އަންހެނަކާ ދެމެދު ހިނގި ގުޅުމެއްގެ ތަފްސީލު ހިމަނައިގެން ގެނައި ޑޮކިއުމަންޓްރީއެއް ކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރައީސް މުއިއްޒަށް މެދު ދައުރުގެ ވަރުގަދަ ފާޑުކިޔުމެއް ދިން ދުސްތޫރީ ރިފަރެންޑަމްގެ ދުވަސްތަކެއް ކުރިން މި ޑޮކިއުމެންޓްރީ ނެރުނުއިރު، ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިހާބުގެ ދައުރު ހަމަޖެއްސުމަށް އޭޕްރީލް ހަތަރެއްގައި ސަރުކާރުން ހުށަހެޅި ހުށަހެޅުމަކަށް 69 ޕަސެންޓް ވޯޓުލާ މީހުން ވަނީ ދެކޮޅު ހަދާފައިވާކަމަށް ވެސް ޚަބަރުގައި ރިޕޯޓުކޮށްފައިވެއެވެ

އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ އޮފީގެ އޮފީހަށް ފުލުހުން ރޭ ވަދެ ރެއިޑް ކުރުމުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved