
"އަދަދު" ނޫހުގެ ޗީފު އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހުސެއިން ފިޔާޒު މޫސާއާ، އެ ނުހުގެ އެޑިޓަރ ހަސަން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގާ ޗިޓު ފޮނުވައިފިއެވެ.
"އަދަދު" ނޫހުގެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެމީހުން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، އެ ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުން އަންގައިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެއެވެ.
ފުލުހުންގެ ޗިޓުގައިވާ އިބާރާތަކީ "2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" އެވެ.
އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ފުލުހުން ފެށިކަމަށް ބުނާ ތަހުގީގުގެ ެތެރެއިން، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.
މި ތަހުގީގުގެ ތެރެއިން ކަމަށް ބުނެ ހޯމަ ދުވަހުގެ ރޭގެ ވަގުތެެއްގައި އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ގެންގޮސްފައިވެއެވެ.










