ޕާކިސްތާނުން ފަތިހު ފަތަހު-1 މިސައިލް ނިއުދިއްލީއަށް ފޮނުވާލުން. / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ދުނިޔެ
ޕާކިސްތާނުން ފަތިހު ފަތަހު-1 މިސައިލް ނިއުދިއްލީއަށް ފޮނުވާލާ ހަމަލާތައް ބަދަލުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
10 މޭ 2025

ޕަހަލްގަމް ހަމަލާއާ ގުޅިގެން އިންޑިއާއިން ދިން ހަމަލާތަކަށް ފަހު ޕާކިސްތާނުން މިއަދު ފަތިހު ފަތަހު-1 މިސައިލް ނިއުދިއްލީއަށް އަމާޒުކޮށް ފޮނުވާލާ ހަމަލާތައް ބަދަލުކޮށްފި އެވެ.

މިއީ ދިއްލީއަށް ފަތަހު މިސައިލް ހަމަލާއެއް ދިން ފުރަތަމަ ހަމަލާގެ ގޮތުގައި ރިޕޯޓް ކުރަމުންދާއިރު، އެ ސަރަހައްދުގައި އުފެދިފައިވާ ފިތުނަތައް ވަނީ އިތުރުވެފަ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ސަވައިލެންސް ރާޑަރުން ވަނީ ހުޅަނގު ޕާކިސްތާނުން އަންނަ ނުރައްކަލެއް ފެނިފައެވެ. އެ ޓްރެޖެކްޓަރީން ފެންނަ ގޮތުގައި ފަތަހް މިސައިލް ދިއްލީއާ ދިމާއަށް ދަތުރުކުރަމުން ދިޔައިރު، ހަރިޔާނާ މަތިން އެ މިސައިލް އިންޓަސެޕްޓް ކުރިކަމަށްވަނީ އެކި މަސްދަރުތަކުގައި ރިޕޯޓުކޮށްފަ އެވެ.

އެއާއިއެކު އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ހަމަލާ ދޭން އުޅުނުކަން ކަށަވަރުކޮށްދީ އެސް-400 އާއި އަކާޝް އެއާ ޑިފެންސް ސިސްޓަމްތަކުގެ އަވަސް އިންޓަސެޕްޝަނަށް ތައުރީފުކޮށްފައެވެ.

ފަތަހަކީ ޕާކިސްތާނުން އުފައްދާ ކުރު ރާސްތާގެ ގައިޑްޑް އާޓިލަރީ ރޮކެޓް ސިސްޓަމެކެވެ. އެއީ ޕާކިސްތާނުގެ ހަތިޔާރު އެޅި ސިފައިންނަށް ޕްރެސިޝަން ސްޓްރައިކް ގާބިލްކަން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އާ ސިލްސިލާ މިސައިލްތަކުގެ ތެރެއިން އެއް މިސައިލެވެ.

ރޭން ފެށިގެން ނުރައްކާތެރި ހަމަލާތައް ދެފަރާތުން ބަދަލު ކުރަމުން ދާ އިރު މިވަގުތު ޕާކިސްތާނު ފަރާތުން 10 އަށް ވުރެ ގިނަ މީހުން މަރުވެ 50 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ އަސްކަރީ ހާލަތު ގޯސްވުމުގެ ސަބަބުން އިންޑިއާއިން ހިންގާ ކަޝްމީރުން ޝެޑިއުލްޑް ހައްޖު ފްލައިޓްތައް މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާނެ ކަމަށް ޖަމްމޫ އެންޑް ކަޝްމީރުގެ ހައްޖު ކޮމިޓީން އިއުލާން ކުރިކަންވެސް ފާހަގަ ކުރެވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved