ޕާކިސްތާނުން އިންޑިއާ ސައިޒުކޮށް ހަމަލާތައް މަޑު ޖައްސާލަން ތައްޔާރު / ސޯޝަލް މީޑިއާ
ދުނިޔެ
ޕާކިސްތާނުން އިންޑިއާ ސައިޒުކޮށްފި؛ ހަމަލާތައް މަޑު ޖައްސާލަން ތައްޔާރުކަމަށް އިންޑިއާގެ ސިފައިން ބުނެފި
10 މޭ 2025

ޕާކިސްތާނުން އިންޑިއާ ސައިޒުކޮށްފިއެވެ.

ޕާކިސްތާނުން އިންޑިއާ ސައިޒުކޮށް ހަމަލާތައް މަޑު ޖައްސާލަން ތައްޔާރު ކަމަށް އިންޑިއާގެ ސިފައިން އިންޓަވިއުއެގެ ތެރެއިން ބުނެފިއެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވާފިއެވެ.

އޭނާ ބުނާ ގޮތުގައި އެއީ އެމެރިކާގެ މެދުވެރިކަމުގައި ދިގު މަޝްވަރާތަކަށް ފަހު ކުރިއަށްދާ ކަމެއް ކަމަށެވެ. އަދި ކޮމަން ސެންސް ދެ ގައުމުން ބޭނުންކޮށް ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން ދެގައުމަށް ތައުރީފު ކުރައްވާފައިވެސްވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަކީ އޭޕްރީލް މަސް ނިމުނު ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަހަމަންޔަމް ޖައިޝަންކަރު އަށް ގުޅުއްވާ ގަވާއިދުންވަނީ މުއާމަލާތްކޮށްފައެވެ.

ޓްރަމްޕް މި ހަފްތާގެ ކުރީކޮޅު ވިދާޅުވީ އިތުރުވަމުން އަންނަ ޓެންޝަންތަކަކީ ލަދުވެތި ކަމެއް ކަމަށާއި އެކަން ހުއްޓުވަން ބޭނުންވާ ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved