ޕާކިސްތާނުން އިންޑިއާގެ ވައިގެ ސިފައިންގެ 5 ޖެޓް ވައްޓާލައިފި / އަނަޑޮލު އަޖަންސި
ދުނިޔެ
ޕާކިސްތާނުން އިންޑިއާގެ ވައިގެ ސިފައިންގެ 5 ޖެޓް ވައްޓާލައިފި
Hussain Nawaf
ހުސައިން ނަވާފް
10 މޭ 2025

ޕާކިސްތާނުން އިންޑިއާގެ ވައިގެ ސިފައިންގެ 5 ޖެޓް ވައްޓާލިކަމަށް ރިޕޯޓު ކުރަން ފަށައިފި އެވެ.

ޕާކިސްތާނުން ބުނީ ބުދަ ދުވަހުގެ ހަމަލާތަކުގައި މަދުވެގެން 26 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ތިން އަހަރުގެ އަންހެން ކުއްޖަކު ހިމެނޭ ކަމަށާއި 46 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މި ހަމަލާގައި ޕާކިސްތާނުގެ 42 ޖެޓެއް ހަރަކާތްތެރި ވި އިރު އެއްވެސް ޖެޓެއް ވައްޓާލެވިފާ ނުވާކަމަށްވެސް އެ ގައުމުންވަނީ ބުނެފައެވެ. އަދި އިންޑިއާއިން ހަރަކާތްތެރިވި 72 ޖެޓުގެ ތެރެއިން 5 ޖެޓެއް ވައްޓާލިކަމަށްވަނީ ރިޕޯޓުކޮށްފައެވެ.

އެގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ހަމަލާތަކަކީ ހަނގުރާމައިގެ އަމަލެއްކަމަށް ސިފަކުރައްވައި އިސްލާމްއާބާދުން ވަނީ ބަދަލު ހިފުމަށް ވައުދުވެފަ އެވެ.

ބުދަ ދުވަހުގެ ކުރީކޮޅުއްސުރެ ދެ ފަރާތުން ބޯޑަރު ހުރަސްކޮށް ބޮން ގޮއްވާލުން ބަދަލުކޮށްފައިވާއިރު، ދެ ފަރާތުގެ ރައްޔިތުން ވަނީ ހިޔާވަހިކަން ހޯދަމުންދާ ކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފަ އެވެ.

ޕާކިސްތާނުގެ އަސްކަރީ މަސްދަރުތަކުން ފަހުން ބުނީ އިންޑިއާގެ ވައިގެ ސިފައިންގެ ފަސް ޖެޓާއި އެއް ޑްރޯން ދިފާއުގައި ވައްޓާލި ކަމަށާއި، ވައްޓާލި ޖެޓްތަކުގެ ތެރޭގައި ތިން ރާފަލް ޖެޓް – ފްރާންސްގައި އުފެއްދި ތަޖުރިބާކާރު މަލްޓި ރޯލް ފަޔަރ މަތިންދާބޯޓު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވައްޓާލި ޖެޓުތަކުގެ ތެރޭގައި މިގް-29 އާއި އެސްޔޫ-30 ހިމެނެ އެވެ.

ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved