April 22, 2026
Advertisement
ގާޒާ
ގާޒާ / އަލްޖަޒީރާ

ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 19 މީހަކު ޝަހީދު

Hussain Nawaf
ހުސައިން ނަވާފް
May 11, 2025, 08:46 PM

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 19 މީހަކު ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފި އެވެ.

Advertisement

ފަލަސްތީނުގައި ސަހްޔޫނީން ދޭ ހަމަލާތަކުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ފަލަސްތީނުގެ 19 މީހަކު ޝަހީދުވެ، 81 މީހަކު ޒަހަމްވެފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓު ކޮށްފި އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސަހްޔޫނީން ދިން ހަމަލާގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 52،829 އަށް އަރާފައިވާއިރު، އިތުރު 119،554 މީހަކަށް ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަމަ އެ މަސްދަރުތަކުން ބުނާ ގޮތުގައި ދެ މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ފަހު މާޗް 18 ވަނަ ދުވަހު ސަހްޔޫނީން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވެސް ވަނީ 2،720 އަށް އަރާފަ އެވެ.

ސަހްޔޫނީންގެ އޮކިއުޕޭޝަން ފޯސްތަކުން އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫތަކުގެ މަސައްކަތަށް ހުރަސް އަޅަމުންދާއިރު އެމާޖެންސީ ހިދުމަތްތަކަށް އަދިވެސް ގިނަ އަދަދެއްގެ ތާށިވެފައިވާ މީހުންނާއި ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތަކާއި ހަމައަށް ނުދެވޭކަންވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved