February 27, 2026
Advertisement
އަލީ ހުސެއިން ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
އަލީ ހުސެއިން ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުއިއްޒުގެ ނެތް: އަލީ

Mariyam Isaadha
މަރިޔަމް އިސާދާ
May 12, 2025, 12:11 AM
މާލެ ސިޓީ

އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައިރ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދޭން އެ ކޮމިޓީން އިއްޔެ ނިންމި ނިންމުމަށް އިޝާރާތްކުރައްވާ އަލީ ވިދާޅުވީ، އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުއިއްޒުގެ ކިބައިގައި ނެތްކަން އެކަންކަމުން އެކަނި ވެސް ދަލީލުކޮށްދޭ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސް މުއިއްޒު ބޭނުންވާ ގޮތާ ހިލާފަށް މީހަކު ކަންކޮށްފި ނަމަ ނުވަތަ "އިނގިއްޔެއް ހިއްލާލިޔަސް" ފިޔަވަޅު އަޅާނެކަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް އާމެދު ކަންކުރި ގޮތުން ހާމަވާ ކަމަށެވެ.

އެހެންކަމުން ރައީސް މުއިއްޒަށް އެހާ ބާރު އޮތްއިރު، އިންސާފަށް ކަމެއް ގެންދިއުމަށް އެއްވެސް ލޯތްބެއް ނެތް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ މިފަދައިން ވިދާޅުވެފައިވާއިރު. ޖުޑިޝަރީއަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވާކަމަށް ބުނެ ގިނަ ބަޔަކު ވެސް ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލު ރައީސް މުއިއްޒު ފާސްކުރުމުން އެ ބިލާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމު ކޯޓުގައި ހިނގަމުން ދަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލައެއް ފެންމަތިކޮށް އެ ފަނޑިޔާރުން ސަސްޕެންޑްކުރި ކުރުމުންވެސް ރައީސް މުއިއްޒު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަން ހާމަވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved