March 23, 2026
Advertisement
ޕާކިސްތާނަށް ތާއީދު ކުރާކަމަށް ތުރުކީން ހާމަ ކުރުމުން އެކަމާއި ޝަކުވާކޮށް އިންޑިއާއިން ތުރުކީ ބޮއިކޮޓް ކުރަނީ
ޕާކިސްތާނަށް ތާއީދު ކުރާކަމަށް ތުރުކީން ހާމަ ކުރުމުން އެކަމާއި ޝަކުވާކޮށް އިންޑިއާއިން ތުރުކީ ބޮއިކޮޓް ކުރަނީ / ގެޓީ އިމޭޖަސް

ޕަހަލްގަމް މައްސަލަ: ޕާކިސްތާނަށް ތާއީދު ކުރާކަމަށް ތުރުކީން ހާމަ ކުރުމުން އެކަމާއި ޝަކުވާކޮށް އިންޑިއާއިން ތުރުކީ ބޮއިކޮޓް ކުރަނީ

Hussain Nawaf
ހުސައިން ނަވާފް
May 17, 2025, 10:41 PM

ފުޅާ ދާއިރާއެއްގައި ތުރުކީއަށް ދަތުރުކުރުން ބޮއިކޮޓްކޮށް އިންޑިއާއިން ތުރުކީގެ ވިޔަފާރިތަކާއި ޔުނިވާސިޓީތަކާ ގުޅުން ކަނޑާލާފިއެވެ.

Advertisement

އިންޑިއާއިން ތުރުކީ ބޮއިކޮޓް ކުރުމަށް ގޮވަނީ ދާދި ފަހުން އެ ގައުމާއި އާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމައިގެ ތެރޭގައި ތުރުކީން ތާއިދު ކުރަނީ ޕާކިސްތާނަށްކަމަށް ހާމަ ކުރުމާއި ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު އިންޑިއާއިން ވަނީ ގައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތަކާ ގުޅިގެން ތުރުކީގެ ކުންފުންޏެއް ކަމަށްވާ ސެލެބީ އެއާޕޯޓްތަކުގައި ހަރަކާތްތެރިވުން މަނާކޮށްފައެވެ. ސެލެބީންވަނީ މި ތުހުމަތު ދޮގުކޮށްފައެވެ.

އިންޑިއާގެ ބައެއް ޔުނިވާސިޓީތަކުންވެސް ވަނީ ތުރުކީގެ މުއައްސަސާތަކާ އެކު އޮންނަ ތައުލީމީ ގުޅުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި ޖަވާހަރުލާލް ނެހްރޫ ޔުނިވާސިޓީ، ޖާމިއާ މިލިއާ އިސްލާމިއާ، އަދި މައުލާނާ އަޒާދު ނޭޝަނަލް އުރުދޫ ޔުނިވާސިޓީ ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ދިއްލީ އާއި މުމްބާއީ ފަދަ ބޮޑެތި އެއާޕޯޓްތަކުގައި ގްރައުންޑް ސާވިސްތައް ހިންގަމުން އައި ސެލެބީ ރަސްމީކޮށް ވަކިކޮށްފައި ވަނީ ފެޑެރަލް އޭވިއޭޝަން މިނިސްޓްރީގެ އަމުރާ އެއްގޮތަށެވެ.

އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އޭވިއޭޝަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފާއިތުވި ދުވަސްތަކުގައި އެ ކުންފުނި މަނާކުރުމަށް މުޅި ގައުމުން ސަރުކާރަށް އެދިފައިވާ ކަމަށެވެ.

ބްލޫމްބާގްގެ ރިޕޯޓެއްގައިވާ ގޮތުން ސެލެބީން ވަނީ އެ އަމުރު ބާތިލް ކުރުމަށް އިދާރީ އަދި ގާނޫނީ ހުރިހާ ހައްލެއް ހޯދާނެ ކަމަށް ބުނެފައެވެ. އަދި ސެކިއުރިޓީ ކްލިއަރެންސް ބާތިލް ކުރުމަކީ ވެސް ނާއިންސާފުން ކުރި ކަމެއް ކަމަށް އެކުންފުނިން ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved