April 17, 2026
Advertisement
އިސްރާއިލުން ފަލަސްތީނަށް ހަމަލާދެނީ
އިސްރާއިލުން ފަލަސްތީނަށް ހަމަލާދެނީ / ސޯޝަލް މީޑިއާ

ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރެމުންދަނީ

Fathmath Reem
ފާތުމަތު ރީމް
Feb 19, 2024, 06:12 PM
ޣައްޒާ

އިސްރާއިލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޢައްޒާގައި ބަނޑުހައި ހޫނުކަން ވަރަށް ބޮޑަށް ފެތުރެން ފަށައިފިއެވެ.

Advertisement

އިސްރާއިލުން ދަނީ ޣައްޒާއަށް ކާބޯތަކެއްޗާ އެހެނިހެން ޒަރޫރީ ތަކެތި އެތެރެ ކުރުމަށް ހުރަސްއަޅަމުންނެވެ.

އެގޮތުން ޣައްޒާ ސިޓީގައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކަށް އެހީދޭ ޓުރަކަކަށް އިސްރާއިލު ސިފައިން ވަނީ ބަނޑިޖަހާ ހަމަލާ ދީފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއިލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލު ތަކުގެ ކަރަންޓާ އޮކްސިޖަން ކަޑާލުމުގެ ސަބަބުން ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުން ވަނީ 8 މީހަކު ޝަހީދުވެފައެވެ.

އިސްރާއިލުން ދަނީ ހުއްޓުމެއް ނެތި ފަލަސްތީނު ރައްޔިތުންނަށް ހަމަލާތައް ދެމުންނެވެ. އެގޮތުން މި ހަމަލާތައް މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކާ ހޮސްޕިޓަލް ތަކަށް އަމާޒު ކުރާކަން ވެސް ފާހަގަ ކުރެވެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަނޑިއިރުތެރޭގައި އިސްރާއިލްގެ ހަމަލާތަކުގެ ޝިކާރައަކަށް ވެ ޣައްޒާގެ 127 މީހަކު ވަނީ ޝަހީދު ވެފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 28،985 އަރާފައެވެ. އަދި އެކި ވަރުގެ އަނިޔާތައް ލިބި ޒަހަމް ވި މީހުންގެ އަދަދު ވަނީ 68،883 އަރާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved