އިންޑިޔާ ޕާކިސްތާން / ސޯޝަލް މީޑިއާ
ހަބަރު
އިންޑިއާ އާއި ޕާކިސްތާން ހަނގުރާމަ، ޗައިނާއަށް ލިބުނު ކާމިޔާބީއެއް؟
Mariyam Ibrahim
މަރިޔަމް އިބްރާހިމް
21 މޭ 2025
މާލެ ސިޓީ

ވާދަވެރި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަތަރު ދުވަހުގެ މުއްދަތަށް ހިނގި ހަމަނުޖެހުން ނިމުނީ ހަނގުރާމަ ހުއްޓާލައި ދެބައި މީހުން ވެސް ކާމިޔާބީ ކަމަށް ދައުވާ ކުރުމުންނެވެ.

އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ޕަހަލްގަމްގައި ވަނީ ގިނަ ފަތުރުވެރިން ތަކެއް އަނިޔާވެރިކަމާއެކު މަރާލާފައެވެ.

އިންޑިޔާގެ ހަނގުރާމަވެރިން އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ދިން ރައްދުތަކަށް ފަހު، ދެ ފަރާތުން ވެސް މި ހަނގުރާމައިގައިވަނީ ޑްރޯންތަކާއި މިސައިލްތަކާއި ފަޔަރ ޖެޓްތައް ބޭނުންކޮށް ހަނގުރާމަ ވަރުގަދަކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިޔާ އިން ފްރާންސާއި ރަޝިޔާގައި އުފައްދާފައިވާ ޖެޓްތައް ބޭނުން ކުރިއިރު، ޕާކިސްތާނުން ވަނީ ބެއިޖިންއާ އެކު އިސްލާމްއާބާދުން އުފައްދާ ޖޭ-10 އަދި ޖޭ-17 މަތިންދާ ބޯޓުތައް ޑިޕްލޮއިކޮށްފައެވެ. ދެ ފަރާތުން ވެސް ބުނަނީ އެމީހުންގެ ޖެޓްތައް ބޯޑަރު ހުރަސްކޮށްފައި ނުވާ ކަމަށެވެ.

އިސްލާމްއާބާދުން ބުނާ ގޮތުގައި އެގައުމުގެ ހަނގުރާމަ މަތިންދާބޯޓުތަކުން އިންޑިއާގެ މަދުވެގެން ހަ މަތިންދާބޯޓެއް ވައްޓާލި ކަމަށާއި އޭގެ ތެރޭގައި އަލަށް ހޯދި ފްރާންސް އިން އުފެއްދި ރާފަލް ފަޔަރ ޖެޓްތައް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޕާކިސްތާނަށް ހަނގުރާމަ މަތީ އާލަތްތައް ފޯރުކޮށްދިނުމުގައި ޗައިނާގެ އަތެއް ވާއިރު ޕާކިސްތާނުން އިންޑިއާއާގެ މައްޗަށް ހޯދި ކާމިޔާބީއަކީ އަސްލު ޗައިނާއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ދުނިޔޭގެ މަސްރަހު ދިރާސާ ކުރާ މުފައްކިރުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved