March 20, 2026
Advertisement
އަހުމަދު ޡާލިބް
އަހުމަދު ޡާލިބް / ތޭރަ އޮންލައިން

ދިވެހި ރައްޔިތުންގެ އެދުމަކީ ރައީސް މުއިއްޒު ވީ ވައުދުތައް ފުއްދުން: ޡާލިބް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 21, 2025, 10:33 PM
މާލެ ސިޓީ

ދިވެހި ރައްޔިތުން ބޭނުން ވަނީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށްޓަކައި ވީ ވައުދުތައް ފުއްދޭނެ ދުވަހެއް ކަމުގައި ޤާނޫނީ ވަކީލް އަލްއުސްތާޒް އަހުމަދު ޡާލިބް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޠާލިބު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުން ނަށްވެފައިވާ ވަދުތަކުގެ ތެރެއިން މުހިންމު އެއްކަމަކީ ރައްޔިތުންނަށް ލިބެން ޖެހޭ އިޖުތިމާޢީ ހައްގު ކަމުގައެވެ. އަދި މިއާއިއެކު ފާހަގަ ކޮށްލެވޭ އެއްކަމަކީ ރައްޔިތުންނަށް ލިބެންޖެހޭ ގެދޮރުވެރިކަމުގެ ހައްޤު ކަމުގައިވެސް ފާހަގަ ކޮށްފައި ވެއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވީ މިވެރިކަމުގެ ތެރޭގަ މިވީ ވައުދުތައް އިނގޭތޯ! އެ ވައުދުތައް ފުއްދުން އެއީ ވަރަށް މުހިންމު ކަމެއް އިނގޭތޯ އޭގެ ތެރޭގައި ޤާނޫނު އަސާސީގައި އެބަ ބަޔާން ކުރޭ އިޖްތިމާޢީ ހައްޤުތައް އެބަހުރި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދޭން ބޭނުން ވާކަހަލަ އިޖްތިމާޢީ ހައްޤުތައް، މިސާލަކަށް ގެދޮރުވެރިކަމުގެ ކަންތައްތަކުގެ ވާހަކަ.

ޡާލިބް

ދިވެހިރާއްޖޭގައި މުސްތަޤިއްލު މިނިވަން ޖުޑީޝަރީއެއް ޤާއިމް ކުރުމަކީވެސް ރައީސް މުއިއްޒުވެފައިވާ ވައުދެއް ކަމުގައި އެބޭފުޅާވަނީ ފާހަގަކޮއްފައެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމުގެ ކުރިން ވައުދުފުޅުވެފައި ވަނީ ދިވެހި ރައްޔިތުންނަށް މިނިވަން ޖުޑީޝަރީއެއް ލިބޭނެ ކަމުގައެވެ. އެމަނިކުފާނު ޖުޑީޝަރީއަށް އަތް ނުބާނާނެ ކަމުގައި ބުނެފައިވީ ނަމަވެސް ރައްޔިތުންނަށް މިއަދު ފެންނަނީ އެހެން މަންޒަރެއް ކަމުގައި އެބޭފުޅާ ވަނީ ބުނެފައެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމުގައި ޕާލިމެންޓުގައި ރައްޔިތުންގެ ބަހެއް ނީވޭ ތާނގައި ގެދޮރުވެރިކަމުގެ ހައްޤުވެސް މިއަދު ވަނީ ގިނަ ރައްޔިތުން އަތުން ނިގުޅައިގަނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved