March 17, 2026
Advertisement
އެމްޕީ އިއްބެގެ ޑްރީމްސް ހޯލްޑީންގްސްގެ މައްޗަށް ހުކުމްކުރީ 2 މިލިއަން ރުފިޔާ ދައްކަން
އެމްޕީ އިއްބެގެ ޑްރީމްސް ހޯލްޑީންގްސްގެ މައްޗަށް ހުކުމްކުރީ 2 މިލިއަން ރުފިޔާ ދައްކަން / ރައްޔިތުންގެ މަޖިލިސް

އެމްޕީ އިއްބެގެ ކުންފުނިން ކުލި ނުދައްކާތީ 2 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

May 23, 2025, 09:13 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާ މެމްބަރު އިބްރާހިމް ހުސައިން (އިއްބެ)ގެ ޑްރީމް ހޯލްޑިންގްސް ކުންފުނިން ހާބަރު ފުޑް ކޯޓް ކެފޭއަށް ކުލި ނުދައްކާތީ 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްޓީއޯއަށް ދައްކަން ހުކުމްކޮށްފިއެވެ.

Advertisement

ޑްރީމް ހޯލްޑިންގްސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ޑްރީމްސް ހޯލްޑިން ކުންފުނިން ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ސާބިތުވާތީ އެ ފައިސާ އެއް ފަހަރާ ކޯޓަށް ދައްކަން އަންގާ ކަމަށެވެ.

ނަމަވެސް ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. މައްސަލައިގެ ހުކުމްކުރީ ޑްރީމްސް ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

ޑްރީމްސް ހޯލްޑިންއަކީ ޕީއެންސީގެ މެމްބަރު އިއްބެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގައި އޭނާ އާއި އާއިލާ ބޭފުޅެއްގެ ހިއްސާ އޮވެއެވެ. އެ ކުންފުނީގެ މައްޗަށް މީގެ ކުރިންވެސް ފައިސާއާ ގުޅުން ހުރި މައްސަލައެއްގައި ހުކުމްކޮށްފައިވެއެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަނަށް ޖަމާކުރަން ޖެހޭ 50,000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved