March 17, 2026
Advertisement
ރެފަރަންޑަމްއާ ގުޅޭ ދެ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހަޅައިފި
ރެފަރަންޑަމްއާ ގުޅޭ ދެ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހަޅައިފި / ސޯޝަލް މީޑިއާ

ރެފަރަންޑަމްއާ ގުޅޭ ދެ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 17, 2026, 02:30 PM
މާލެ ސިޓީ

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭ ރެފަރެންޑަމް ނުވަތަ އާންމު ފެންނަ ނުފެންނަ ވޯޓުގެ ބިލް ތަސްދީގު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅައިފިއެވެ. 

Advertisement

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ރެފަރަންޑްރަމްއާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މިކަން ހާމަކޮށްފައިވަނީ އަލީ އަންގާރަގެ ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައެވެ.

 މައްސަލަތަކުގެ މައިގަނޑު އަސާސަކީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފުވެފައިވުމެވެ. ގާނޫނުއަސާސީގެ އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެ ބިލެއް ތަސްދީގު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ.

އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް ގެނައި މި އިސްލާހު ތަސްދީގު ކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންދު ދުވަސްތައް ނުހިމަނައި ގުނި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތު މިހާރު ވަނީ ފާއިތުވެފައެވެ. 

އަލީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މުއްދަތުތައް ފާއިތުވެފައިވާތީ އެ ބިލަކީ ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved