March 18, 2026
Advertisement
ރާއްޖޭގެ އުތުރުގެ މޫސުން ގޯސް
ރާއްޖޭގެ އުތުރުގެ މޫސުން ގޯސް / ސޯޝަލް މީޑިއާ

އުތުރު އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމާއި ގުގުރުން އެކަށީގެން ވޭ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
May 25, 2025, 12:18 AM

އުތުރު އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމާއި ގުގުރުން އެކަށީގެން ވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް އިން ހާމަކޮށްފި އެވެ.

Advertisement

މީގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް މެޓުން ލަފާ ކުރެ އެވެ.

އެއިދާރާއިން ހާމަކުރި ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެގޮތުން ކަނޑުތައް ގަދަވާނެކަމާއި ރާޅުތަކުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އަރާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފަ އެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުންވަނީ މީގެ ކުރިންވެސް އެދިފަ އެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved