April 29, 2026
Advertisement
ކުކުޅު ފިހާރައިން ވިއްކާ ކުކުޅު ފައި ޕެކެޓްގެ ކޮންމެ ކޭހަކުން 100ރ އަގުހެޔޮކުރުން
ކުކުޅު ފިހާރައިން ވިއްކާ ކުކުޅު ފައި ޕެކެޓްގެ ކޮންމެ ކޭހަކުން 100ރ އަގުހެޔޮކުރުން / ފޭސްބުކް

ކުކުޅު ފިހާރަ: ކުކުޅު ފައި ޕެކެޓް ކޭހަކުން 100ރ. ހެޔޮކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 28, 2025, 04:51 PM
މާލެ ސިޓީ

ކުކުޅު ފިހާރަ އިން ވިއްކާ ފައި ޕެކެޓް ކޮންމެ ކޭހަކުން 100ރ. ހެޔޮކޮށްފި އެވެ.

Advertisement

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މާޝިތާ އާދަމް މިއަދު "ތޭރަ އޮންލައިން" އަށް ވިދާޅުވީ، ކުކުޅު ފައި ޕެކެޓް ކޭހަކުން 100ރ. އަގު ހެޔޮކޮށްފައިވާ ކަަމަށެވެ.

މިއާއެކު ކުރިން 834ރ. އަށް ވިއްކަމުން ދިޔަ 900ގ ގެ 12 ޕެކެޓް ހިމެނޭ ކުކުޅު ފައި ޕެކެޓް ކޭހެއް މިހާރު 734ރ. އަށް ލިބިގެންދާނެ ކަމަށް ވެސް މާޝިތާ ވިދާޅުވި އެވެ.

ގަނޑުކުރި ކުކުޅާ ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ކުކުޅު ފިހާރައިން ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެ އެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ އަބަދުވެސް ޖީބަށް ލުއި ކޮލެޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނެމެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved