May 1, 2026
Advertisement
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު / ރައީސް އޮފިސް

އީދާއި ގުޅިގެން އިތުރު ދުވަހެއް ބަންދު ނުކުރާނެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 28, 2025, 08:16 PM
މާލެ ސިޓީ

އަޟްޙާ ޢީދު ދުވަހާއި ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތައް އެކަނި ކަމުގައި ސަރުކާރުން ހާމަކޮށްފި އެވެ.

Advertisement

ސޯޝަލް މީޑިއާގައި ގިނަ ފަރާއްތަކުން ވަނީ ސަރުކާރުގެ މި ނިންމުމާއި ދޭތެރޭގައި ފާޑުކިޔާފަ އެވެ. އަދި ޙައްޖު ދުވަހާއި ޢީދު ބަންދުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން އެހަފްތާގެ ދެންހުރި ދުވަސްތައްވެސް ބަންދުކުރަން ފެންނަކަމަށް މިފާޑުކިޔުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަލަންޑަރުގައިވާގޮތަށް ޙައްޖު ދުވަހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަސްކަމަށްވުމުން މިހާރު ބަންދުކުރަން ނިންމާފައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުވާނެ ކަމަށެވެ.

ސަރުކާރާއި މެދު ރައްޔިތުންގެ ފާޑުކިޔުން ތައްއަމާޒުވަމުން އައި ސަބަބަކީ، ގައުމީ ފެންވަރުގައި ތިން ރަށެއްގައި ޢީދު ފާހަގަކުރަން ނިންމަވާތީއާއި،އަދި މިއާއިއެކު މީގެ ކުރިން އާންމު ގޮތެއްގައި މުޅި ހަފުތާ ބަންދުކޮށް އީދު ބަންދުގެ ދުވަސްތައް ދަންމާލައިފައި ވާތީއެވެ.

ކަލަންޑަރުގައިވާ ގޮތުން ޙައްޖު ދުވަހަކީ ޖޫން މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހެވެ. އެހެން ކަމުން މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖޫން މަހުގެ ހައެއްވާ ހުކުރު ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved