ޖޭއެސްސީއިން ގެންދަނި ސަލީމަށް ހެޔޮވަރަށް ސުޕްރީމު ކޯޓުގެ ކޯޓު ފަހަމުން / ތޭރަގްރެފިކްސް
ހަބަރު
ޝަރުތު ހަމަނުވާ ސަލީމު ސުޕްރީމު ކޯޓަށް އައްޔަންކުރަން، ސަރުކާރާ ބައިވެގެން ޖޭއެސްސީއިން ކޯޓު ފަހާ ނިންމަނީ!
28 މޭ 2025
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ މިހާރުގެ ފަނޑިޔާރު، މުހައްމަދު ސަލީމު ޝަރުތު ހަމަނުވާ ވާހަކަ މީޑިޔާއަށް ތިލަވުމާ އެކު ގާނޫނު އަސާސީގައި އޮތް އިބާރާތް ބަދަލުކޮށް މަފްހޫމު އޮޅުވާލުމުގެ މަސައްކަތް ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަށައިފިއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހއްމަދު ސަލީމު ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެންކަމަށް މައުލުމާތު ލިބިފައިވާއިރު ސަލީމު އެ މަގާމަށް ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އައްޔަންކުރަން މަގު ފަހިކުރުމަށް ރައީސް މުއިއްޒު ވަނީ މާކުރިން ޖޭއެސްސީއަށް ކޮމާންޑްކުރައްވާފައިކަމަށް ވެއެވެ.

އެއާއެކު ސުޕްރީމު ކޯޓަށް ކުރިމަތިލާ ފަނޑިޔާރުންގެ ޝަރުތުތަކުގެ ގޮތުގައި ހުރި ޝަރުތުތައް ސަލީމުގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ޖޭއެސްސީގެ މެމްބަރުންގެ މެދުގައި ބަހުސެއް ކުރިއަށް ގޮސް އެ މައްސަލައިގައި ގާނޫނު އަސާސީގައި ބުނާ ބުނުން މާނަކުރާގޮތް ޖޭއެސްސީއިން ވަނީ ބަދަލުކުރުމަށް ނިންމާފައެވެ.

އެގޮތުން ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެއެވެ. މާއްދާ ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް އޮތް އޮތުން، ވަކީލުކަން ކުރުމުގެ ހުއްދަ ލިބި ހަތް އަހަރު ވެފައިވާ ނަމަ ޝަރުތު ފުރިހަމަވީކަމުގައި ބެލޭނެ ކަމަށް ނިންމުމަށް ޖޭއެސްސީއިން ވަނި ނިންމާފައެވެ.

އެހެންކަމުން ޝަރުތު ފުރިހަމަ ނުވާ ސަލީމު ސުޕްރީމު ކޯޓަށް އައްޔަންކުރަން ކޮންމެ ގޮތެއް ހަދާފައިވެސް ޖޭއެސްސީއިން މަސައްކަތްކުރަނީ ރައީސް މުއިއްޒުގެ ނުފޫޒުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ސަލީމުއަކީ ރައީސް މުއިއްޒުގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ބިލެްދޫ ދާއިރާގެ މެމްބަރުން އަހުމަދު އަސްލަމްގެ ކޮއްކޮވެސް މެއެވެ. އަދި ސަލީމުއަކީ ރައީސް މުއިއްޒުގެ އެދުމަށް އަސްލަމް މެދުވެރިކޮށް މެސެޖުލިބި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން ވ. އާރަށުގެ މައްސަލައިގައި އިއްވި ނުހައްގު ހުކުމުގެ އިސްތއިނާފު ލަސްވާނެހެނ ދިގު މުއްދަތަކަށް ޗުއްޓީ ނަންގަވައިގެން ރާއްޖެއިން ބޭރުގައި ގޮސް ހުންނެވި ފަނޑިޔާރެވެ.

އެހެންކަމުން ސަލީމުއަށް ހެޔޮވަރުކޮށް ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ކޯޓުން ގާނޫނީ އިމުން ފަހަން ޖޭއެސްސީއަށް ވެސް މަޖްބޫރުވާނެއެވެ. އެއީ ރައީސް ޔާމީންެ ޝަރީއަތް ލަސްކުރި ކުރުމުގެ ބޮޑު އިނާމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved