March 17, 2026
Advertisement
ބޯކޮށް ވާރޭވެހި މާލޭ މަގު ފެންބޮޑުވެފައި.
ބޯކޮށް ވާރޭވެހި މާލޭ މަގު ފެންބޮޑުވެފައި. / ދައުރު

ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
May 29, 2025, 08:15 PM

ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން އިލްތިމާސްކޮށްފިއެވެ.

Advertisement

މެޓު އޮފީހުން ހާމަ ކުރާ ގޮތުގައި ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ލަފާ ކުރެ އެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓުންވަނީ ހާމަކޮށްފަ އެވެ.

ކަނޑުތައް ގަދަވާނެ ކަމާއި ރާޅުތަކުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާއި ދޭތެރޭގައިކަމަށްވެސް މެޓުންވަނީ ހާމަކޮށްފަ އެވެ.

އަދި އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުންވަނީ އެދިފަ އެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved