March 20, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސިސްޓަމްއަށް ލަނީ ގާބޭޖު ވިއްޔާ ސިސްޓަމުން ނުކުންނާނީ ވެސް ގާބޭޖު: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
May 30, 2025, 03:08 AM
މާލެ ސިޓީ

ސިސްޓަމްއަށް ލަނީ ގާބޭޖު ވިއްޔާ ސިސްޓަމުން ނުކުންނާނީ ވެސް ގާބޭޖުކަމަށް ވިދާޅުވެ ގައުމުގެ ހިންގުމުގެ ނިޒާމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީންގެ ފާޑުކިޔުން މިފަދައިން އަމާޒުކުރެއްވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމު ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމު އައްޔަން ކުރަން މަސައްކަތްކުރަނީ އޭނާގެ ޝަރުތު ފުރިހަމަ ނުވާއިރުކަމަށް ވީއިރު ގަވާއިދާ ޚިލާފަށް އެކަން ކުރަނީ އޭގެ ފަހަތުގައި ބައިވަރު ސިއްރުތައް ހުރުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލައަކީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމު އައްޔަންކުރުން ނޫން ކަމަށާ މައްސަލައަކީ އޮންނަ ނިޒާމުގެ ބޭރުން އެކަން ކުރަން އުޅުން ކަމަށެވެ. އެގޮތުން ކަންކަމަށް ގާބިލު ނޫން ބޭބޭފުޅުން ތަންތަނަށް އައްޔަންކުރުމުން ކަން ވެގެންދާ ގޮތް ވަރަށް ކައިރިން މި ސަރުކާރުގެ ތެރެއިން ފެންނަމުން ދާ ކަމަށާ އެގޮތުން ނިޒާމުގެ ތެރެއިން އޭގެ ނަތީޖާއަކަށް ފެންނަނީ ކަމެއް ނުވެދާ މަންޒަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސިސްޓަމްއަށް ލަނީ ގާބޭޖު ވިއްޔާ ސިސްޓަމުން ނުކުންނާނީ ވެސް ގާބޭޖު. ސަލީމުގެ ޝަރުތު ހަމަނުވިއަސް އެ ދޮންކުރަނީ އޭނަ ސުޕްރީމު ކޯޓަށް ލާން. އަޑުތައް އިވޭ ގޮތުގައި މުއިއްޒު ބޭނުންފުޅު ވަނީ ސަލީމު އުއްތަމަ ފަނޑިޔާރަަކަށް ވެސް އައްޔަންކުރަން.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އުންސުރެއް ފަންސުރެއް ނުބަލާ، އިޖުރާއަތެއް ނުބަލާ ސަރުކާރުން ބޭނުންވާ ކަންކަން ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved