މަލީހު ޖަމާލު / ތޭރަ އޮންލައިން
ސިޔާސީ
ފަޒުލްގެ އެމްޑީކަމުގައި ގެއްލުނު ބިންތަކާ ހިންގި ކޮރަޕްޝަން ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
29 މޭ 2025
މާލެ ސިޓީ

ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ އެމްޑީކަމުގައި ހުޅުމާލެއިން ގެއްލުނު ބިންތަކާ އަދި އެ ކުންފުނީގެ ތެރެއިން ހިންގި ކޮރަޕްޝަންގެ ތަފްސީލު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައެވެ.

މަލީހު ވިދާޅުވީ ހުޅުމާލެއަކީ ދިވެހި ގިނަ ރައްޔިތުންގެ އުއްމީދު އެ ޝަހަރަކާ މެދު އޮތް ޝަހަރެއް ކަމަށާ އެގޮތުން ހުޅުމާލެ ހުޅުމާލެއަކަށް ހެއްދެވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ހުޅުމާލެއަށް ގެންނެވި ބިޔަ ތަރައްގިއާ އެކު ހުޅުމާލެ ވެގެން ގޮސްފައިވަނީ ގިނަ ދިވެހި ރައްޔިތުން އެ ޝަހަރަކާ މެދު އުއްމީދު ބޮޑު ދިރިއުޅުމުގެ ޝައުގު އޮތް ތަނަކަށްވާއިރު މި ސަރުކާރުގައި ފަޒުލްގެ އެމްޑީކަމުގައި ހުޅުމާލޭގެ ބިންތަކުން ބޮޑެތި ވައްކަންތައް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާރުގެ އެމްޑީވެސް އެކަން ބައްލަވާ ތަނުގެ އޯޑިޓެއްވެސް ނުހަދާ ތިން މަސް ފާއިތުކޮށްފައިވާއިރު އެ ކަންކަމަކީ ދިވެހި އެތައް ރައްޔިތުންނެއްގެ ހައްގު އެކަން ކަމާ ގުޅިފައި ހުރި ބޮޑެތި ކަންކަމަށްވުމުން ކަމުގެ ތަފްސީލު ފޮރުވުމެއް ނެތި ރައްޔިތުންނަށް ހާމަކޮށް ބޮޑުކޮށް ގެނެސްދިނުމަކީ މިހާރުގެ އެމްޑީ މައުރޫފު ޖަމީލުވެސް ޒިންމާއެއް ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މި ސަރުކާރުން ގެންދަނީ ކޮރަޕްޝަން މައްޗަށް ކޮރަޕްޝަން ހިންގަމުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved