ރައީސުލް ޖުމުހުރިއްޔާ، ސައުދީން އައިކަމަށް ބުނާ ޕްރިންސްއާއި އެކު / ރައީސް އޮފިސް
ހަބަރު
ފޭކު ޕްރިންސްގެ ވާހަކަ އާއި ފޮޓޯތައް ރައީސް އޮފީސް ވެބްސައިޓުން ނަގައިފި
Hussain Nawaf
ހުސައިން ނަވާފް
31 މޭ 2025

ސައުދީ ޝާހީ އާއިލާގެ ޕްރިންސަކާއި ބައްދަލު ކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުން އާންމު ކުރި ހަބަރުތަކާއި ފޮޓޯތައް ރައީސް އޮފީސް ވެބްސައިޓުން ނަގައިފިއެވެ.


ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫން ކަން އެއިރު ވެސް ނޫސްތަކުން ބުންޏެވެ.

އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ މައްސަލައިގައި އެ ގައުމުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށް އެކަން އިސްލާހުނުކޮށް، މައާފަށް އެދިފައިނުވާތީ ވެސް ސައުދީ ސަރުކާރުން މައްސަލަ ޖެއްސި ކަމަށް އަދަދު ނޫހުގައިވަނީ ރިޕޯޓުކޮށްފައެވެ.

އެ ހަބަރު ޝާއިރު ކުރި ވެބް ޕޭޖު

ރައީސް އޮފީހުގެ ވެބްސައިޓުގައި އެ އާޓިކަލްއަށް ދީފައިވާ ރިފަރެންސް ނަންބަރަކީ 405-2025:Ref އެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓަށް ވަދެ އެ ރިފަރެންސް ނަންބަރު ޖެހުމުން މިހާރު ދައްކަނީ އެ ހަބަރު ވެބްސައިޓުގައި ނެތް ކަމަށެވެ.

ފަހަދަކީ ވިޔަފާރިވެރިއެކެވެ. އަދި އޭނާގެ ޕްރޮފައިލްތަކުގައިވެސް އެއީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެފައި ނެތެވެ.

އެގޮތުން ފްރިންސްގެ ލަގަބު އޭނާއަށް އެންމެ ފުރަތަމަ ދިނީ ރައީސް އޮފީހުންކަން ފާހަގަ ކުރެވެއެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ޑިޕްލޮމެޓިކް ފެއިލިއާގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސިފަ ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved