April 10, 2026
Advertisement
ސައުދީ އަރާބިއާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން
ސައުދީ އަރާބިއާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން / ރޮއިޓަރސް

އަރަބި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ކުރަން ނިންމި ޒިޔާރަތް ސަހްޔޫނީން ހުއްޓުވުމުން އެ ނިންމުން ކުށްވެރިކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jun 2, 2025, 09:05 PM

ހިފާފައިވާ ހުޅަނގު އައްސޭރިއަށް އަރަބި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ކުރަން ނިންމި ޒިޔާރަތް ސަހްޔޫނީން ހުއްޓުވަން ނިންމި ނިންމުން ކުށްވެރިކޮށްފިއެވެ.

Advertisement

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރުމަށް ވަފުދު ރަމަاﷲއަށް އާދީއްތަ ދުވަހު ދަތުރުކުރުން މަނާ ކުރަން ސަހްޔޫނީން ނިންމި ނިންމުން ކުށްވެރިކޮށްފައިވާ ކަމަށް އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެ ޒިޔާރަތުގައި ސައުދީ އަރަބިއްޔާ، މިސްރު، އުރުދުން އަދި ބަހްރެއިންގެ މިނިސްޓަރުންގެ އިތުރުން އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްވެސް ބައިވެރިވާނެ ކަމަށްވެސް ބެލެވޭކަމަށް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ސަހްޔޫނީން ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު އެއްބާރުލުން ނުދޭނެކަން އިއުލާންކޮށް، އެ ސަރަހައްދުގެ ބޯޑަރުތަކާއި ވައިގެ ސަރަހައްދު ކޮންޓްރޯލް ކުރާތީ އެ ދަތުރު ހުއްޓުވާފައެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ސަހްޔޫނީންގެ މި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހިފާފައިވާ ބާރެއްގެ ގޮތުގައި އޮތް ވާޖިބުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ނިންމުމެއް ކަމަށް ބުނެފައެވެ.

މި ދަތުރު ކުރިއަށް ދިޔަނަމަ، އެ ވަފުދުގެ އިސްވެރިޔާ ޕްރިންސް ފައިސަލް ބިން ފަރުހާން ވެގެން ދާނީ ހުޅަނގު އައްސޭރިއަށް ވަޑައިގެންނެވި ފުރަތަމަ ސައުދީ ފޮރިން މިނިސްޓަރަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved