
މި އަހަރުގެ ހައްޖު މޫސުން ފެށިފައިވާއިރު، މައްކާގައި ހޫނު ގަދަވުމުގެ ސަބަބުން ހީޓު ސްޓްރޯކު ޖެހި ގިނަ އަދަދެއް ހައްޖާޖީންނަށް ފަރުވާ ދޭން ފަށައިފި ކަަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މައްކާގައި ހޫނު ގަދަވެފައވާ ކަމަށް ސައުދި އަރަބިއާގެ ސަރުކަރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މައްކާގެ ފިނި ހޫނުމިނަށް ބަލާއިރު، ދުވާލުގެ ގަޑިތަކުގައި ފިނިހޫނު މިން ހުންނަނީ 40 ޑިގްރީ ސެލްޝިއަލްއާ 47 ޑިގްރީ ސެލްޝިއަސްއާ ދެމެދުގައެވެ. އެހެންކަމުން ހޫނު ގަދަވުމުގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިޥާ ގިނަ ހައްޖާޖީންތަކަށް ހީޓް ސްޓްރޯކު ޖެހި ވަނީ ފަރުވާ ދޭން ފަށަފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން ހައްޖާޖީއިންނަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް ތައްޔާރުވުމުގެ ގޮތުން ސައުދި އަރަބިޔާ ގެ ސަރުކާރުން ވަނީ މިހާ ތަނަށް ދުވަހަކުވެސް އެގައުމުން ނުވާ ވަރުގެ ތައްޔާރީ ވެފައެވެ. އެގޮތުން:
މީގެ އިތުުރުން ސައުދީ ސަރުކާރުން ވަނީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާ ގުޅިގެނ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ފަށާފައެވެ. މީގެ އިތުރުން ހައްޖާޖީން ފިނި ފެނުން މޫނު ދޮވުމަށާ ބޯ އެނބުރުން ނުވަތަ ބޮލުގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ސިއްހީ އެހީތެރިއެއް އެހީ ހޯދުމަށް ވެސް އިރުޝާދު ދީފައިވެއެވެ.










