theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / އެޑިޝަން.އެމްވީ
ސިޔާސީ
ރައީސް އޮފީހުގައި ތަރުޖަމާނަކު ނެތި 50 އަށްވުރެ ގިނަ ދުވަސް!
Aishath Naja
އައިޝަތު ނަޖާ
20 ފެބްރުއަރީ 2024
މާލެ ސިޓީ

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ހުސްވެފައި އޮންނަތާ މިއަދަށް 50 އަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

އެ އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ވަކިކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށްފައިވަނީ އޭނާ އެ މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުންކަންވެސް ފާހަގަކޮށްލެވެއެވެ.

މަގާމުން ވަކިކޮށް އެހެން މަގާމަކަށް ޝަހީބް އައްޔަން ކުރެވުނު މައިގަަނޑު ސަބަބު ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ޝަހީބު ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވެގެން ގޮސްވެފައިވެއެވެ.

މަގާމުގައި ހުންނެވިއިރު ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ގޮތާމެދު ވެސް ބައެއް ނޫސްވެރިން ފާޑުކިޔުން އަމާޒުކޮށްފައިވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޝަހީބަށް ޖަވާބުނުދެވޭތީ ކަމަށްވެސް ފާހަގަވެއެވެ.

ނޫސްވެރިންގެ ބައްދަލުވުންތައް ރައީސް އޮފީހުގައި ނުބާއްވާއިރު ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައި ދައުވާ ކުރާ ސަރުކާރުގެ ކަންކަން ތިލަކޮށްދެއްވާނެ ފަރާތެއް ނެތި މިހާ ގިނަ ދުވަސް ވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Mulham
20 ފެބްރުއަރީ 2024, 16:23
Vagu sarukaaru. Masveringe laari kobaa
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved