March 18, 2026
Advertisement
އިޒްރާއިލް ޕާސްޕޯޓު ބޭން ނުކޮށް ސަރުކާރުން ދަނީ އޮޅުވާލަމުން.
އިޒްރާއިލް ޕާސްޕޯޓު ބޭން ނުކޮށް ސަރުކާރުން ދަނީ އޮޅުވާލަމުން. / ތޭރަގްރެފިކްސް

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުން އުނދަގޫތަކެއްވި: މުއިއްޒު ސަރުކާރު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 7, 2025, 07:26 PM
މާލެ ސިޓީ

ފަލަސްތީނުގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކަށް ނަސްލު ހޭދަ ހުއްޓަލަންދެން ރާއްޖެއަށް ސަހްޔޫނީ ޕާސްޕޯޓުގައި އެތެރެ ނުވެވޭ ގޮތަށް ފާސްކުރުމުން ބައިނަލްއަގުވާމީ ގޮތުން އުނދަގޫތަކެއް ދިމާވި ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

Advertisement

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ދައުލަތުގެ ބަންޑާރަ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުން އެއީ ހަގީގަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ކުރިމަތިވި މައްސަލައެއް ކަމަށެވެ.

ސަހްޔޫނީން ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. މަޖިލީހުން އެ ބިލުގެ މަސައްކަތް ނިންމީ ސަރުކާރުން ޕާސްޕޯޓު މަނާކުރާކަން އިއުލާނުކުރިތާ 11 މަސް ފަހުންނެވެ.

އަދި 11 މަސްފަހުން ފާސްކޮށް ސަރުކާރުން ގެޒެޓް ކުރި ގާނޫނުގައި އޮތީ ރާއްޖެއަށް ސަހްޔޫނީންގެ ސިޔާސީ "އަނިޔާވެރި ވެރިން" އެތެރެ ވެވޭ ގޮތަށެވެ. އެކަމަށް ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ.

އަދި ޕާސްޕޯޓް މަނާ ކުރި ފަހުން ވެސް ސަހްޔޫނީންނަށް ވާގިދޭ އަދި އެމީހުންގެ ބައިވެރިން ސަހްޔުނީންގެ ސަރުކާރުގެ ވެރިން އެހެން ގައުމުތަކުގެ ލިޔުންތަކުގައި ރާއްޖެ އަށް މިހާރުވެސް އެބަ އާދެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި، ބިލުގައި ޑުއަލް ސިޓިޒަންޝިޕް ގެންގުޅޭ މީހުން ހިމެނޭހެން ސަހްޔޫނީންގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް ހެދުމަށް އޮތް ނުކުތާ މި ސަރުކާރުން އެދިގެން މަޖިލީހުން ވަނީ އުނިކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved