

އައްޑޫ ސިޓީގައި ރޭ ފަތިހު ކުއްލި ގޮތަކަށް މަރުވި ޒުވާނެއްގެ މަރާއި ގުޅޭ ތަހުގީގު ފުލުހުން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު 06:00 ހާއިރު ކަމަށެވެ.
އެ މީހާ މަރުވެފައިވާ މައްސަލަ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓު ކުރީ 08:28 ހާއިރު އެވެ. މި މަރާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވާތީ އެ މީހާއަށް އެއްވެސް ޒަހަމެއް ލިބިފައި ހުރިކަން ކަށަވަރެއް ނުކުރެވެ އެވެ.
މަރުވެފައިވަނީ ވެމްކޯގައި މަސައްކަތް ކުރާ އިބްރާހިމް އަމީން ހަސަން ދީދީ އެވެ.
އޭނާ މަރުވުމުގައި ޝައްކުތަކެއް ހުރުމުން އާއިލާއިން ވެސް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާކަން އެނގިފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.