March 13, 2026
Advertisement
ކުކުޅު ފިހާރަ: ހިލޭ ސްލަައިސް ޗީޒް ކޭހެއް ލިބޭ ޕްރޮމޯޝަނެއް
ކުކުޅު ފިހާރަ: ހިލޭ ސްލަައިސް ޗީޒް ކޭހެއް ލިބޭ ޕްރޮމޯޝަނެއް / ފޭސްބުކް

ކުކުޅު ފިހާރަ: ހިލޭ ސްލަައިސް ޗީޒް ކޭހެއް ލިބޭ ޕްރޮމޯޝަނެއް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 11, 2025, 04:46 PM
މާލެ ސިޓީ

ކުކުޅު ފިހާރަ އިން ހިލޭ ސްލަައިސް ޗީޒް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

Advertisement

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މާޝިތާ އާދަމް "ތޭރަ އޮންލައިން" އަށް ވިދާޅުވީ، ހިލޭ ސްލަައިސް ޗީޒް ކޭހެއް ލިބޭ މި ޕްރޮމޯޝަންގެ ދަށުން ގަންނަ ސްލައިސް ޗީޒްގެ ކޮންމެ 10 ކޭހަކުން އެއް ކޭސް ހިލޭ ލިބޭނެ ކަމަށާއި ސްލައިސް ޗީޒްގެ ތިން ސައިޒެއް ލިބެން ހުންނާނެ ކަމަށެވެ.

އެއީ 100ގ. 200ގ އަދި އެއް ކިލޯގެ ޕެކެޓެވެ.

ގަނޑުކުރި ކުކުޅާ ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ކުކުޅު ފިހާރައިން ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެ އެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ އަބަދުވެސް ޖީބަށް ލުއި ކޮލެޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނެމެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved