theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ހަބަރު
ސަރުކާރުގެ ކަންތައްތައް ހިނގަނީ މުޅިންވެސް އިއްތިފާޤުން: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
11 ޖޫން 2025
މާލެ ސިޓީ

ސަރުކާރުގެ ކަންތައްތައް ހިނގަނީ މުޅިންވެސް އިއްތިފާޤުން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފޮރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރައްވާ ކަންކަމުގައި އެމަނިކުފާނާއި ދޭތެރޭ ކަންތައްވަމުން ދަނީ މުޅިންވެސް އިއްތިފާގުން ކަމުގައެވެ.

ޤާނޫނު އަސާސީ އިން މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކޮށްދީފައި ވާއިރު، މިނިވަން އިންސާފުވެރި މާނަކުރަނީ ނުފޫޒުތަކުން މިނިވަން ވެފައި ވާ އިންތިހާ ބަކަށް ވާން ޖެހޭނެ ކަމަށް އމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އިލެކްޝަން ކޮމިޝަނުން ވޯޓު ކަރުދާހަށާއި ވޯޓުލާ ފަރާއްތަކުގެ ލިސްޓަށް ނުފޫޒު ފޯރު ވުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމުގައި ނުބެލެވޭކަމަށާއި، ރައީސް ނަޝީދު ވެރިކަމަށް އައި އިރު ވޯޓާސް ލިސްޓުގައި، މަރުވެފައި ވާ ހައެއްކަ މީހަކު ވާތީ އެކަން މައްސަލައަކަށް ވެފައި، އެހެން އިންތިހާބު ތަކަށް ކޮމިޝަނުން ނުފޫޒު ފޯރުވައި ރީރަޖިސްޓްރޭޝަން ކަރުދާސްތައް ނައްތާލުމާ މިފަދަ ކަންތަކަކީ މައްސަލަ އަކަށް ނުވާއިރު މިކަންކަން ބެލެވެނީ ވަރުގަދަ އިއްތިފާގެއް ކަމުގައި ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

ސްޕްރިމް ކޯޓުން ނިންމީ އެއީ އަޅުގަނޑަށް ގާނޫނުން ލިބޭ ހައްޤެއް، އަޅުގަނޑަށް ވޯޓު ކަރުދާސްތައް ބެލުމުގެ ހައްޤު އެބައޮތޭ2 ދުވަސް ވީ އިލެކްޝަން ކޮމިޝަނުން ކަރުދާސްތައް ނައްތާލީ! އަނެއް އިއްތިފާޤު!

- ރައީސް ޔާމީން

ޝަރުޢީ ދާއިރާގެ ކަންތައްތަކަށް ބަލާނަމަ އެމަނިކުފާނު ކުރިމަތި ލާން ޖެހިފައި ވަނީ މުޅިން ވެސް އިއްތިފާގާއި ކަން ވިދާޅުވެފައި ވެއެވެ. މި އިއްތިފާގު ތަކާއި އަޅާ ކިޔާނަމަ ކޯޓު ތަކުގައި މިހާރު މިހިނގަނީ ކުދި ކުދި އިއްތިފާގު ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ހަމަހަމަ ކަމާއެކީ ރައްޔިތުން ކުރިމަތީ ވާހަކަދައްކާ ޑިބޭޓަކަށް ގޮސް ވޯޓަކަށް ދާކަށް އެއްވެސް ފަރާތަކަށް ނުކެރޭކަމަށާއި ޖަލުގަ އޮވެގެން ރައީސް ކަން ކުރަންޖެހިއްޖެ ނަމަ އެކަންވެސް ކުރައްވަން ކެރޭނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved