ގައުމުގެ އިގްތިސޯދީ ކަންކަން ހަމައަކަށް އަޅުވާނަމޭ ވިދާޅުވެ އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ދައްކަވާ ވާހަކަތައް އިބިލީހުގެ ކައިވެންޏެކޭ އެއް ފަދަ ކަމަށް ރައީސް އަބްދުﷲ ޔާމީން ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ފާއިޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފާއިޒު ވިދާޅުވީ، ރޭޓިންގްސްއަށް ބަލާއިރު ރާއްޖެ އޮތީ ބީ މައިނަސް ހިސާޞުގައި ކަމަށްވީ ނަމަވެސް އިގްތިސޯދީ ވަޒީރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަގަޅު ކަމަށާ އިސާހިތަކު އިގްތިސޯދު ރޯލާ ކޯސްޓަރއެއްގެ ދުވެލީގައި ދުވަން ފަށާނެކަމަށް ވިދާޅުވަނީ ކޮން ގޮތަކަށް ހިސާބު ޖައްސަވާފައިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އިގްތިސޯދަށް ބަލާއިރު މިހާރު އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ ތާށިކަން. ކަޅު ބާޒާރުގައި ޑޯލަރު ގަންނަން ލިބެނީ 19 20 ރުފިޔާއަށް. އެކަމަކު ވަޒީރު ވިދާޅުވަނީ ފުރަތަމަ ތިން މަސް ތެރޭ އެކަން ހައްލު ވާނެ އޭ. ފުރަތަމަ ތިން މަސް ނިމުނީމަ އަނެއްކާވެސް އަނެއް ތިން މަހަށް ޑިއު ދެއްވައިފި. މި ހަދާ ނުހަދާ ވެސް ނޭނގޭ. މިއެކޭ އިބިލީހުގެ ކައިވެންޏެކޭ އެއްފަދަ ނޫންތޯ މި އުސޫލުން ދާނަމަ.
ފާއިޒު ވަނީ އިބްރާހިމު މުހައްމަދު ސޯލިހު ހިނގެވި މަގުން ނުހިންގަވާ ރައްޔިތުންނަށް ސީދާ ތެދު މައުލޫމާތު ފޯރުކޮށްދިނުުމަށް ސަރުކާރަށް ގޮވާލާފައެވެ.