
ދިވެހި ސަރުކާރުން އޭޕްރިލް 3 ވަނަ ދުވަހު ދައްކަން އޮތް ސުކޫކު ދެއްކީ ސަރުކާރުގެ ރެވިއުނިއުން ފައިސާ ނަގައިގެން އިތުރު ތަކްލީފު ދައުލަތަށް ޖައްސާފައި ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ސުކޫކު ނުވަތަ ދަރަނި ދައްކަން ވެސް ސަރުކާރުން އިތުރަށް ނެގީ ދަރަނި ކަމަށާ އެސްޑިއެފު ފަންޑުން ވެސް ފައިސާ ނަގައިގެން ބޭނުންކޮށް އެއާޕޯޓަށް އޭގެ ބުރަވެސް ޖައްސާފައިވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ،އެއާޕޯޓު އޮތީ ބްލީޑިން ތަނެއްގެ ގޮތުގައި ކަމަށާ އެތަނުން 80 މިލިއަން ޑޮލަރުގެ ލޯން ހޯދުމަށް އެދިފައިވާ ކަމަށެވެ. ދަރަނި ދައްކަން އެސްޑީއެފުން ލޯނު ނެގިއިރު ޕެންޝަން ފަންޑުގައި ސަރުކާރަށް އަތް ނުލެވުމުން ބޭންކް އޮފް މޯލްޑީވިސްއިން ލޯން ނެގިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސުކޫކު ދެއްކީ ސަރުކާރުގައި ގާބިލުކަން ހުރެގެން ކަމަށް ރައްޔިތުންނަށް ހީވި ނަމަވެސް އަދި އެފaދައިން ސަރުކާރުން އެކަން ޕްރޮމޯޓުކުރި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށާ ސުކޫކު ދައްކަން ސަރުކާރުން ނެގީ އޮތް ލޯނަށް ވުރެ އިންޓަރެސް ބޮޑު ލޯނެއް ކަމަށާ އެހާހިސާބުން އެ ވެއްޓުނީ ރިހޭ ފައިމައްޗަށް ފޮއިކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު މި ސަރުކާރު ސިފަކުރައްވާފައިވަނީ ރާޑަރެއް ނެތި އިންޑިއާ ކަނޑުގައި ދުއްވާ ބޯޓެއްގެ ގޮތުގައެވެ.









