March 18, 2026
Advertisement
ބޯކޮށް ވާރޭވެހި މާލޭ މަގުމަތި ފެންބޮޑުވެފައި.
ބޯކޮށް ވާރޭވެހި މާލޭ މަގުމަތި ފެންބޮޑުވެފައި. / ދައުރު

ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓުން ލަފާކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jun 18, 2025, 07:30 PM

ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

މެޓު އޮފީހުން ހާމަ ކުރާ މެދު ރާއްޖޭ އަދި އުތުރުގެ އަތޮޅުތަކުގެ އެކި ހިސާބުތަކަށް މެންދުރުފަހުން ފެށިގެން ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ.

Advertisement

ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފައެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ލަފާ ކުރެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމާއި ރާޅުތަކުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދޭތެރޭގައިކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved