June 25, 2026
Advertisement
މީރާގެ ބޯޑަށް މީހުން ހޯދަން ހުޅުވާލައިފި
މީރާގެ ބޯޑަށް މީހުން ހޯދަން ހުޅުވާލައިފި / ފޭސްބުކް

މީރާގެ ބޯޑަށް މީހުން ހޯދަން ހުޅުވާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 19, 2025, 06:12 PM
މާލެ ސިޓީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ހަތަރު މެމްބަރެއްގެ މުއްދަތު ހަމަވާތީ، ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

Advertisement

ރައީސް އޮފީހުން ބުނީ، އެ ފުރުސަތު ހުޅުއްވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ހައެއްވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ.

އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

މީރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗެއާޕާސަނާއި ޑެޕިއުޓީ ޗެއާޕާސަނާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާ އެކު ބޯޑުގައި ޖުމްލަ ހަތް ބޭފުޅުން މިހާރު ތިއްބަވަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved