April 29, 2026
Advertisement
ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފެށުން
ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފެށުން / ފޭސްބުކް

ކުކުޅު ކުރަނޑި ކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 22, 2025, 03:24 PM
މާލެ ސިޓީ

ކުކުޅު ކުރަނޑި ކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި އެވެ.

Advertisement

އެއް މަސް ދުވަހަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކުކުޅު ކުރަނޑި ކޭސް ޕްރޮމޯޝަންގެ ޕޯސްޓަށް އެންމެ ގިނަ ލައިކް، ޝެއާރ، ޓެގް އަދި ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް ޝެއާރ އަދި ޓެގް ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ލިބިގެން ދާނެ އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިޠާ އާދަމް ވިދާޅުވި އެވެ.

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 90 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved