theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިރާނާއި އެމެރިކާގެ ހަންގުރާމަ / ހިންދުސްތާނީ ޓައިމްސް
ދުނިޔެ
އެމެރިކާއާއި އިރާނުގެ ހަމަލާތަކާއި ގުޅިގެން ސައުދީ އަރަބިޔާއިން ކަންބޮޑުވުން ފާޅުކުރައްވައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
22 ޖޫން 2025
މާލެ ސިޓީ

އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިޔާއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ސައުދީ އަރަބިޔާއިން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގައި ހިނގަމުންދާ ކަންތައްތަކާމެދު، ހާއްސަކޮށް އެމެރިކާއިން އީރާނުގެ ނިއުކްލިއަ ފެސިލިޓީތަކަށް ދިން ހަމަލާއާމެދު ކަންބޮޑުވާ ކަމަށާއި އަދި އެކަންތައް ބަލަމުންދާ" ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ސަރަހައްދުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރު އޮތްކަން ފާހަގަކޮށް، ސައުދީން ވަނީ ހުރިހާ ފަރާތްތަކަކަށްވެސް މަޑުމައިތިރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލައިފައެވެ.

އަދި މި މައްސަލައާއި ގުޅިގެން ސިޔާސީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ސައުދީ ސަރުކާރުން ގޮވާލައިފައި ވެއެވެ.

އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރުމަށާއި ސަރަހައްދުގެ އަމަންއަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ ހަމަލާތައް ހުއްޓުވުމަށް، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމަށް އެސަރުކާރުން އިލްތިމާޒުކޮއްފައި ވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved