

ދިވެހިރާއްޖެ ހުރިހާ ސިނާއަތަކުންވެސް ފުނޑިއްޖެ ކަމަށާ ނަމަވެސް ގައުމު މިހާލުގައި އޮތް އިރު، އިގްތިސޯދީ ވަޒީރުގެ ހިލަމެއްވެސް ނުވާ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް، މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ގައުމުގެ ހާލަތަށް ނަޒަރު ހިންގަވާލައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރު އަގު މައްޗަށް އަރާއަރާ އެންމެ ފަހުން ބާޒުން ޑޮލަރު ގެއްލިއްޖެ ކަމަށެވެ. ދިވެހި އިޤްތިސޯދު ފުނޑިއްޖެކަން ހާމަކުރައްވާ މަލީހު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ހީނަރުވެފައިވާއިރު ފަތުރުވެރިކަމުގެ ސިނާއަތު އޮތީ އިންތިހާއަށް ދަށްކޮށް ކަމަށެވެ.
އިމާރާތްކުރުމުގެ ސިނާއަތުވެސް ދަނީ ދުވަހުން ދުވަހަށް ދަށަށް ނެތި ގެއްލެމުން ކަން ފާހަގަކުރައްވާ މަލީހު ވަނީ ކޮންސްޓްރަން ނެތްކަމާ ކުދި މެދު ފަންތީގެ ވިޔަފާރިތައް ބަންދުކުރަމުންދާ ކަން ވެސް ފާހަގަކުރައްވާފައެވެ.
ޑޮލަރު އަގު މައްޗަށް އަރާއަރާ އެންމެ ފަހުން ބާޒުން ޑޮލަރު ގެއްލިއްޖެ. ދިވެހި އިޤްތިސޯދު ފުނޑިއްޖެ. މަސްވެރިކަމުގެ ސިނާއަތު ހީނަރު. ފަތުރުވެރިކަން އިންތިހާޔަށް ދަށް. ކޮންސްޓްރަން ނެތް. ކުދި މެދު ފަންތީގެ ވިޔަފާރިތައް ބަންދުކުރަނީ. އިޤްތިސޯދީ ވަޒީރު ރާޑަރުން ގެއްލިއްޖެ. pic.twitter.com/V0uYJk2lky
— Mohamed Maleeh Jamal (@maleehjamal) June 22, 2025
ނަމަވެސް ގައުމުގެ މިހުރިހާ ކަމެއް ފާލުން ނައްޓާ ގައުމު އިގްތިސޯދީ ގޮތުން ޑިފޯލްޓަކަށް މިސްރާބު ޖަހާފައިވާއިރުވެސް އިޤްތިސޯދީ ވަޒީރު ރާޑަރުން ގެއްލިފައިވާ ކަމަށް ވިދާޅުވެ މަލީހު ވަނީ ގައުމުގެ އިގްތިސޯދީ ހާލަތާ މެދު ފިޔަވަޅެއް ނާޅާ ސަރުކާރުން ފިލާ ތިބޭތީ ފާޑުވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު މި ގައުމުގެ އިގްތިސޯދީ ހާލަތު ދަށްވެ ދަރަނިވެސް ނުދެއްކޭނެކަމުގެ ހިރާސް އޮތުމުން ދުނިޔޭގެ ކްރެޑިޓު ރޭޓިން އިދާރާ، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީގައި ދަމަހައްޓާފައިއެވެ.