May 1, 2026
Advertisement
ޖުލައި 26އާ ގުޅިގެން އިތުރު ދުވަހެއް ބަންދު، ސަރުކާރު ހުޅުވޭނީ އަންގާރައިގައި
ޖުލައި 26އާ ގުޅިގެން އިތުރު ދުވަހެއް ބަންދު، ސަރުކާރު ހުޅުވޭނީ އަންގާރައިގައި / ރައީސް އޮފިސް

ޖުލައި 28 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 25, 2025, 04:29 PM
މާލެ ސިޓީ

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

Advertisement

މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހޮނިހިރު ދުވަހަކާ އެވެ. އާންމު އުސޫލުގެ ދަށުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުކުރަނީ އެއް ދުވަހެވެ. ނަމަވެސް ރައީސްގެ ނިންމެވުމާއެކު މިނިވަން ދުވަހުގެ ބަންދަށްފަހު ސަރުކާރު ހުޅުވޭނީ ޖުލައި 29، ވާ އަންގާރަ ދުވަހު އެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މި އަހަރު ކުރަން ރާވާފައިވާ ހަރަކާތްތަކެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އާންމު އުސޫލުން އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ޖަލްސާއަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

މި އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved