theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
އިންޑިޔާ ސަރުކާރުން ދަރަނިތަކަށް ލުޔެއްދިނީ ދިވެހިން ކަރަށް ދަންމަޅި މަހާފަ: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
25 ޖޫން 2025
މާލެ ސިޓީ

އިންޑިޔާ ސަރުކާރުން ދަރަނިތަކަށް ލުޔެއްދިނީ ދިވެހިން ކަރަށް ދަންމަޅި މަހާފައި ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އިންޑިޔާ ސަރުކާރަށް ދިވެހި ދައުލަތުން ބޮޑުތަނުން ދަރަނިވެރިވެފައި ވާއިރު، އެދަރަނިތައް ދައްކަން ފެނިލައްވާ ކަަމަށެވެ.

ޖީއެމްއާރު އަތުން އެއާރޕޯޓް އަތުލަން އުޅުއްވިއިރު ދައްކަންޖެހުން އެފައިސާއަކީ ވެސް ހަމަ އެއްފަހަރާ ދައްކާފައިވާ ފައިސާ އެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ވީއިރު މިހާރު އިންޑިޔާގެ ދަރަނިތަކަށް އިތުރު މުހުލަތެއް ދީފައިވާކަމަށް ބުނެ ހަދާފައިވާ އެގްރިމެންޓްތައް ވެސް ސަރުކާރުން ހާމަނުކުރާ ކަަމަށެވެ.

އެ ދަރަނިތައް ނުދައްކަވާނަމަ އެންމެ ފަހުން އެ ދަރަނި ވެގެން ދަނީ އިންޑިޔާއިން ދިވެހިން ކަރުގައި އަޅުވާނެ ދަންމަޅިއަކަށް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ނެތޭ އިންޑިޔާ އާއި ބެހޭގޮތުން މި ކޮށްފަ ހުރި އެއްވެސް އެގްރިމެންޓްއެއް ދެއްކޭކަށް، އޭގަ އެބަ ބުނޭ އެއްފަހަރާ ހުރިހާ ފައިސާއެއް ދައްކަންޖެހޭނޭ ދައްކަންވީނޫންތޯ؟ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލަން އަޅުގަނޑުމެން އުޅުނިން، އެއްފަހަރާ ދައްކަން ޖެހުނީ ހަމަދައްކާފަ ހޯދީ، ކީއްވެގެންތޯ ދައުލަތަށް އެހާ ބޮޑަށް ކޮމްޕްރަމައިޒް ވާންވީ!

- ރައީސް ޔާމީން

ރާއްޖޭގެ ކަންތައްތައް ދަނީ ރަނގަޅަށް ކަމަށާއި އަދި އެހެންމެ އިގްތިސޯދު ރަނގަޅުކަމަށް ކުރީގެ ރައީސް ވަހީދު ވިދާޅުވާއިރު، މިއަދު ދިވެހިންނަށް އިގްތިސާދީ ގޮތުން ލިބިފައި މިވާ ފަސޭހަތަކަކީ އިންޑިޔާއިން ފޯރުކޮށްދޭ ފަސޭހަތަކެކެވެ.

ވީއިރު އިންޑިޔާއިން ދިވެހިންނަށް ފޯރުކޮށް ދޭ ފަސޭހަތަކަކީ ރައްޔިތުން އޭގައި ޤުރުބާނީތަކެއް ވާން ޖެހިދާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved